Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ އެއަރޕޯޓް

ހޯރަފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

16 އެޕްރީލު 2019 | އަންގާރަ 12:21

ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 އެޕްރީލު 2019 | އަންގާރަ 12:21
ހޯރަފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ހޯރަފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ހއ. ހޯރަފުށީގެ އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝާކިރު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ އަންގާރަ ދުވަހު މެންދުރު ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މަސައްކަތް ނިންމުމަށް ގާތްގަޑަކަށް ދެމަސް ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަހާޖައްރާފް އެރަށަށް ދިއުމުން އެރަށުގެ ރައްޔިތުން ވަނީ ފަރިވަޅެއް އަރުވާ އަދި މަހާޖައްރާފުގެ މުވައްޒަފުންނަށް މާފަތިން ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައްޔިތުން ނުކުމު އެއަރޕޯޓް އަޅާ ސަރަހައްދުގައި ލަވައާއި އެކު އުފާފާޅުކޮށް ބޮނޑިބަތް ކެއުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ހޯރަފުށީގައި އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

މި މަޝްއުރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ހޯރަފުށީގެ އެއާޕޯޓް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާ އެކު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރެވި، މި ސަރަހައްދުގައި ޓޫރިޒަމް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށް ވެސް ރައީސް ސޯލިޙް ވިދާޅުވިއެވެ.

އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައިވާއިރު ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާރޗް މަހުގެ 25 ވަނަ ދުވަހުގައެވެ.

މިމަޝްރޫއުގެ މަސައްކަތާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެފައިވަނީ

އެއަރޕޯޓް އެޅުމަށް ބިން ހިއްކުމާއި، ރަންވޭ ހެދުމާއި، ޓާރމިނަލްގެ މަސައްކަތް، 240 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ.

އާބާދީގައި 3،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދޫއަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާ އެކު އިހަވަންދޫއިން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެންމެ ބޮޑު ފަސޭހަތަކެއް ވެގެންދާނެ ދާއިރާގެ ދެ ރަށަކީ ތުރާކުނާއި އުލިގަމެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް