Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުން

ބޮޑު ޖާފަތަކާ އެކު އެމްޑީޕީގެ ކާމިޔާބީ ލޮނުޒިޔާރަތްކޮޅުގައި ފާހަގަކޮށްފި

13 އެޕްރީލު 2019 | ހޮނިހިރު 21:30

ފުންނާބު އުސް މިއުޒިޝަނުން ބައިވެރިވި

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2019 | ހޮނިހިރު 21:30
މަޖިލިސް ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ ޖާފަތަށް އިންސާފު ކުރައްވާފައި

މަޖިލިސް ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ ޖާފަތަށް އިންސާފު ކުރައްވާފައި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިއުޒިކް ޝޯއަކާ އެކު ކުލަގަދަ ހަފްލާއެއް މާލޭގައި ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ލޮނުޒިޔާރަތް ކޮޅު އަޑިޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕެއްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި ގިނަ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ކާމިޔާބީ ފާހަގަ ކުރި ހަފްލާގައި ރައީސް ސޯލިހާއި ރައީސް ނަޝީދު-- ފޮޓޯ/ އެމްޑީޕީ

ބޮޑު ޖާފަތަކާ އެކު، ލައިވް މިއުޒިކާ އެކު ކުރިއަށް ގެންދިޔަ ހަފްލާގައި އެމްޑީޕީއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އެ ހަރަކާތުގައި މިއުޒިކު ކުޅުނު ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ފުންނާބު އުސް މިއުޒިޝަނުންގެ ތެރޭގައި ހިމެނޭ ޝިއުޒް، މާފު، ޒާރާ, އަބްސީގެ އިތުރުން ގިނަ އަދަދެއެއްގެ ޒުވާން މިއުޒީޝަނުން ހިމެނެއެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށް މަޖިލިހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާ އިރު، މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް އެއް ޕާޓީއަކަށް މިހާ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެމްޑީޕީއާ ދެކޮޅަށް ވާދަކުރި ޖޭޕީ އާއި ޕީޕީއެމްގެ ތެރެއިން ކޮންމެ ޕާޓީއަކަށް ފަސް ގޮނޑި ލިބިފައިވާ އިރު، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ފަސް ގޮނޑި ކާމިޔާބުކޮށްފައެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެމްޑީއޭއިން ދެ ގޮނޑި އަދި އަމިއްލަ މެމްބަރުން ހަތް ގޮނޑިއެވެ.

ބޮޑު ޖާފަތް ބޭއްވި މައިދާނަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވަޑައިގަންނަވަނީ-- ފޮޓޯ/ އެމްޑީޕީ

މި ފަހަރުގެ އިންތިހާބުން ލިބުނު ވޯޓަށް ބަލާއިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓުންނަށް އެކަނި ވެސް ވަނީ 96739 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް