Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ އާންމު އިންތިޚާބު

މޯދީގެ ގޮނޑިއަށް ވާދަކުރަން އޭނާއާ ވައްތަރު މީހަކު ނިކުމެއްޖެ!

13 އެޕްރީލު 2019 | ހޮނިހިރު 14:03

ވާދަކުރަނީ އަމިއްލަ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2019 | ހޮނިހިރު 14:03
މޯދީއާ ވައްތަރު ކަމަށް ބުނާ އަބީނަންދަން ޕަތަކް

މޯދީއާ ވައްތަރު ކަމަށް ބުނާ އަބީނަންދަން ޕަތަކް

މިހާރު ކުރިޔަށްދާ އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާދަކުރައްވާ އުއްތަރް ޕްރަދޭޝްގެ ވަރަނަސީ ދާއިރާއަށް އޭނާއާ ވައްތަރު މީހަކު ނިކުމެވަޑައިގެންފިއެވެ.

ކުރިން ބީޖޭޕީއަށް ކެމްޕެއިން ކޮށްދޭން އުޅުނު އަބީނަންދަން ޕަތަކް ނަމަކަށް ކިޔާ މީހާ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވާ އިރު، އޭނާ ބުނީ ހޮވިއްޖެ ނަމަ ބޮޑުވަޒީރުގެ މަގާމަށް ގެންނަން ތާއީދު ކުރާނީ ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއަށް ކަމަށެވެ. މޯދީއާ ވައްތަރު ވުމުގެ އިތުރުން އޭނާއާ އެއްގޮތަކަށް ހެދުން އަޅާ އަބީނަންދަން ބުނީ އޭނާއަކީ "ޑަމީ" ކެނޑިޑޭޓެއް ނޫންކަމަށާއި ދެކޮޅީ ހަމައެކަނި މޯދީއާ ކަމަށެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އޭނާ ވަރަނާސީ ދާއިރާއަށް ވާދަކުރަން ފޯމް ހުށައަޅާނެ ކަމަށް އަބީނަންދަން ބުނެފައިވާ އިރު، ހުކުރު ދުވަހު އޭނާ ވަނީ މިނިވަން ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ލަކްނޯ އިން ވެސް ފޯމް ހުށައަޅާފައެވެ.

މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއާ އެކު ކޯލިޝަން ހަދާފައިވާ ރިޕަބްލިކަން ޕާޓީ އޮފް އިންޑިއާގައި ހަރަކާތްތެރިވެފައިވާ އަބީނަންދަން މޯދީއާ އެއްގޮތަށް ހެދެން އެޅުމުގެ އިތުރަށް، ވާހަކަދެއްކުމުގެ އުކުޅުތަކާއި ބަސްމަގު ވެސް ގެންގުޅެނީ އެއްގޮތަކަށެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ ވަނީ މޯދީ ވެވަޑައިގެންނެވި ވައުދުތަކަށް ވެސް ހަޖޫ ޖަހާފައެވެ. އަދި ބީޖޭޕީ ދޫކޮށް ކޮންގްރެސްއަށް ދާން ޖެހުނީ ވެސް މޯދީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވަން ނުކުޅެދުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި މިހާރު ކުރިޔަށްދާ އާންމު އިންތިހާބުގެ ވޯޓުލާން ފަށާފާވާއިރު، މޯދީ އާއި އަބީނަންދަން ވާދަކުރާ ވަރަނަސީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މޭ 19 ވަނަ ދުވަހުގައެވެ. ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިންތިހާބުގެ ވޯޓު ގުނަން ފަށަން ހަމަޖެހިފައިވަނީ މޭ 23 ވަނަ ދުވަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2021

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އދ.ގެ އިންސާނީ ހައްގުތަކާބެހޭ ގޮނޑިއަށް އެމެރިކާ

15 އޮކްޓޯބަރު 2021
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އދ.ގެ އިންސާނީ ހައްގުތަކާބެހޭ ގޮނޑިއަށް އެމެރިކާ
18 ސެޕްޓެމްބަރު 2021

މޯދީގެ އުފަންދުވަހާ ދިމާކޮށް އިންޑިޔާގައި ރިކޯޑް މިންވަރަކަށް ކޮވިޑް ވެކްސިން ޖަހައިފި

18 ސެޕްޓެމްބަރު 2021
މޯދީގެ އުފަންދުވަހާ ދިމާކޮށް އިންޑިޔާގައި ރިކޯޑް މިންވަރަކަށް ކޮވިޑް ވެކްސިން ޖަހައިފި
01 މެއި 2021

ލަންކާގައި ވެކްސިން މަދުވެ ދެވައްތަރުގެ ދެ ޑޯޒް ޖެހުމާއި ބެހޭ ދިރާސާއެއް ކުރަނީ

01 މެއި 2021
ލަންކާގައި ވެކްސިން މަދުވެ ދެވައްތަރުގެ ދެ ޑޯޒް ޖެހުމާއި ބެހޭ ދިރާސާއެއް ކުރަނީ
22 އެޕްރީލު 2021

އޮކްސިޖަން ލިބުމުގެ ދަތިކަމާއެކު ކޯޓުތަކުގެ ފާޑުކިޔުން މޯދީގެ ސަރުކާރަށް

22 އެޕްރީލު 2021
އޮކްސިޖަން ލިބުމުގެ ދަތިކަމާއެކު ކޯޓުތަކުގެ ފާޑުކިޔުން މޯދީގެ ސަރުކާރަށް
17 އޮކްޓޯބަރު 2019

މޯދީގެ ބަހުގެ ހަމަލާތައް ޕާކިސްތާނަށް

17 އޮކްޓޯބަރު 2019
މޯދީގެ ބަހުގެ ހަމަލާތައް ޕާކިސްތާނަށް
23 މެއި 2019

އިންޑިއާގެ އިންތިޚާބު: ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ކުރީގައި

23 މެއި 2019
އިންޑިއާގެ އިންތިޚާބު: ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ކުރީގައި
30 މާރިޗު 2019

އާ އިންޑިއާއަކަށް ވައުދުވަމުން މޯދީގެ ކެމްޕެއިން އިފްތިތާހުކޮށްފި

30 މާރިޗު 2019
އާ އިންޑިއާއަކަށް ވައުދުވަމުން މޯދީގެ ކެމްޕެއިން އިފްތިތާހުކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
02 މެއި 2017

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް