Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިންޑިޔާގެ ހާލަތު

މޯދީގެ އުފަންދުވަހާ ދިމާކޮށް އިންޑިޔާގައި ރިކޯޑް މިންވަރަކަށް ކޮވިޑް ވެކްސިން ޖަހައިފި

އިންޑިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ވެކްސިން ޖެހުމުގެ އައު ރިކޯޑަކީ މޯދީގެ އުފަންދުވަހުގެ ހަދިޔާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:10
އިންޑިޔާގައި ވެކްސިން ޖެހުމަށް މީހުން ކިޔު ހަދައިގެން

އިންޑިޔާގައި ވެކްސިން ޖެހުމަށް މީހުން ކިޔު ހަދައިގެން

ހުކުރު ދުވަހު އިންޑިޔާގައި 22.6 މިލިއަން މީހުން ވެކްސިން ޖަހައި ރިކޯޑެއް ހަދައިފިއެވެ.

މިއީ އިންޑިޔާގައި ދުވާލެއްގެ މައްޗަށް އާންމުކޮށް ވެކްސިން ޖަހާ އަދަދަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ބައެއް ސްޓޭޓްތަކުގައި ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އުފަންދުވަހާ ގުޅުވައި ޚާއްސަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. މޯދީގެ އުފަންދުވަހަކީ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހެވެ.

އިންޑިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ވެކްސިން ޖެހުމުގެ އައު ރިކޯޑަކީ މޯދީގެ އުފަންދުވަހުގެ ހަދިޔާކަމަށެވެ. އިންޑިޔާއަށް މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހު ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ދެ ވަނަ ރާޅުގެ ސަބަބުން މޯދީއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ވެކްސިން ޖެހުމުގެ އައު ރިކޯޑެއް ގާއިމުވުމާއެކު މޯދީ ވަނީ ޓްވިޓަރގައި އެކަން ހާމަކުރައްވާ ހުކުރު ދުވަހު ވެކްސިން ޖެހި މީހުންގެ އަދަދަކީ ކޮންމެ އިންޑިޔާ ރައްޔިތަކުވެސް ފަޚުރުވެރިވާނެ އަދަދެއްކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ފުހެލުމަށްޓަކައި ވެކްސިން ޖެހުން އިތުރުކުރުމަށް ވަނީ ގޮވާލައްވާފައެވެ.

އިންޑިޔާގައި އެއްދުވަހާ އެންމެ ގިނަ މީހުން ވެކްސިން ޖަހައިގެން އެންމެ ފަހުން ރިކޯޑެއް ހަދާފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހު 14.1 މިލިއަން މީހުން ވެކްސިން ޖަހާފައިވެއެވެ.

އިންޑިޔާގައި ފާއިތުވި ދުވަސްތަކުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެއީ ސެރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިން އުފައްދާ މިންވަރު އިތުރުކޮށްފައިވާތީއެވެ. ސެރަމް އިންސްޓިޓިއުޓުން މިމަހު އެކަނިވެސް 200 މިލިއަން ޑޯޒް އިންޑިޔާއަށް ފޯރުކޮށްދޭނެއެވެ. މިދިޔަ މަހު ސެރަމް އިން ވަނީ 150 މިލިއަން ޑޯޒް ފޯރުކޮށްދީފައެވެ.

މީގެއިތުރުން މިމަހުގެ ތެރޭގައި އިންޑިޔާގެ ބަހާރަތު ބައޯޓެކުން 35 މިލިއަން ޑޯޒްގެ ކޮވެކްސިން ވެކްސިން ފޯރުކޮށްދޭނެއެވެ.

އިންޑިޔާގައި މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ ވެކްސިން ޖެހުމެވެ. އިންޑިޔާގެ އެތެރޭގައި ވެކްސިން ލިބުން ދަތިވުމާއި ގުޅިގެން އެގައުމުން ވަނީ އޭޕްރީލް މަހުން ފެށިގެން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މަޑުޖައްސާލާފައެވެ. އިންޑިގާއި މިހާރު އަހަރެއްގެ މައްޗަށް 2 ބިލިއަން ޑޯޒް އުފެއްދުމުގެ ގާބިލްކަން އެބަހުއްޓެވެ. އިންޑިޔާއަކީ އެންމެ ގިނަ އަދަދަކަށް މެދު ފަންތީގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭ ގައުމެވެ.

އިންޑިޔާގެ 1.35 ބިލިއަން މީހުންގެ ތެރެއިން 792 މިލިއަން މީހުން ވަނީ ވެކްސިން ޖަހާފައެވެ.

އިންޑިޔާއިން ވަނީ 62 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި ދެ ޑޯޒް 21 އިންސައްތަ މީހުންނަށް ވަނީ ދީފައެވެ. އިންޑިޔާއިން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ މެދެއްހާ ހިސާބަށް ދާއިރު ހުރިހާ ބޮޑެތި މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.

އިންޑިޔާއިން މިހާތަނަށް 33.8 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 444،248 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކޮވިޑް-19އިންޑިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު