Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިއުޕޯޓް

ސަރުކާރުން އެންގުމުން ނިއުޕޯޓް ވިއު ހުސްކުރުމުގެ މަސައްކަތް ފަށާނަން: މޭޔާރ

13 އެޕްރީލު 2019 | ހޮނިހިރު 09:02

ނިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އެ ތަނުގެ ވެރިފަރާތަށް އަންގާފައި ވަނީ 11 މާރޗްގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 13 އެޕްރީލު 2019 | ހޮނިހިރު 09:02
މިދިޔަ މަހު ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ވަނީ އަންގާފައި

މިދިޔަ މަހު ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ވަނީ އަންގާފައި

ނިއު ޕޯޓް ވިއު ހުސްކުރަން ސިޓީ ކައުންސިލަށް ސަރުކާރުން އެންގުމުން އެތަން ހުސްކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލް މޭޔާރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެއް މަސްދުވަހުގެ ތެރޭގައި ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން އެތަނުގެ ވެރި ފަރާތަށް އަންގާފައިވާ އިރު، އަދިވެސް އެތަން ހުސްކޮށްފައެއް ނުވެއެވެ. ނިއު ޕޯޓް ވިއު ހުސްކުރަން ކަނޑައެޅި މުއްދަތު ހަމަވިއިރު ވެސް، އެތަން ހުސްކޮށްފައި ނުވަނީ ކީއްވެތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން ޝިފާ ވިދާޅުވީ، ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ސިޓީ ކައުންސިލަށް އަދި އަންގާފައިނުވާ ކަމަށާއި، ސަރުކާރުން ސިޓީ ކައުންސިލަށް އަންގާ އިރަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާ ވިދާޅުވީ ނިއު ޕޯޓް ވިއު އެ ބިމުން ނަގައި، އެ ސަރަހައްދު ހުސްކުރަން ސަރުކާރުން ވެސް ބޭނުންވެފައިވާ ކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ގަވާއިދާ ޚިލާފަށް ކޮންޓްރެކްޓްކޮށް މާލޭގެ އެތައް ބިމެއް ދީފައިވުމުގެ ސަބަބުން، އެ ބިންތައް ހުސްކުރަން ބޭނުންވިޔަސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ނިއު ޕޯޓް ވިއު ހަދާފައިވާ ބިން ހުސްކުރަން ބޭނުންވާއިރު، ސަރުކާރަށް ވެސް އެކަން ކުރެވޭނީ އޮންނަ އުސޫލްތަކާއި ހަމައިން ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ބިން ހުސްނުކުރެވި ލަސްވަމުން ދަނީ އެ ސަބަބާ ހެދި ކަމަށް މޭޔާރ ވިދާޅުވިއެވެ.

ނިއު ޕޯޓް ވިއު ހަދާފައިވާ ބިމުގައި އިމާރާތެއް ހުންނަން މާލޭގެ ރައްޔިތުން ބޭނުންނުވާ ކަމަށާއި، މާލޭ ރައްޔިތުން ބޭނުންވަނީ އެތަން ހުސްބިމެއްގެ ގޮތުގައި އޮންނަން ކަމަށް ޝިފާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ވެސް މާލޭގެ ރައްޔިތުން ބޭނުންނުވާ ގޮތަކަށް އަމަލުނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޭޔާރ ވިދާޅުވިއެވެ.

ތިން މަހުގެ ކުލި ނުދެއްކުމުގެ ސަބަބުން ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ނިއުޕޯޓްގެ ވެރިފަރާތަށް އަންގާފައި ވަނީ 11 މާރޗްގައެވެ. ނިއު ޕޯޓްގެ ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. އެތަނުގެ އެގްރިމެންޓް ހަދާފައިވާ ގޮތުން އެއް މަހުގެ ކުލި ސަރުކާރަށް ނުދެއްކިއްޖެ ހާލަތެއްގައި ތަން ހުސްކުރަން އެންގިދާނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ހުޅުވާފައިވާ 500 މީހުންގެ ޖާގައިގެ ނިއު ޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމެވެ. ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒު ވަނީ ފަހުން އެ ކުންފުނި ދޫކޮށް މަލަކާގެ ނަމަށް ބަދަލު ކޮށްފައެވެ.

ތަނުގެ ކުލީގެ ގޮތުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަމުން އައި ނިއުޕޯޓް ވިއު ކުއްޔަށް ދީފައި ވަނީ އަށް އަހަރަށެވެ.

ނިއު ޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާ ގޮތަށެވެ.

ސަރުކާރުން 30 ދުވަހުގެ ތެރޭގައި ނިއު ޕޯޓް ވިއު ހުސްކުރަން އެންގުމުން، އެ ތަން ހިންގަމުން އަންނަ ސްޓާރޑާ ޕްރައިވެޓް ލިމިޓެޑުން އެ މަައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ޕޯޓްވިއު ހުސްކުރުމަށް ފަހު ސަރުކާރުން ބޭނުންވަނީ އެތަނުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕާކެއް ހެދުމަށެވެ.

ނިއު ޕޯޓް ހިމެނޭ ބްރިޖް ވިއު ޕްލެޓްފޯމާ އިންވެގެން އެ ސަރަަހައްދުގައި ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިން ހެދި ޗާޓައިމް، ރިންގް ރޯޑް ހެދުމަށް ނެގި މައްސަލައިގައި ބަދަލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް ކުރީގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް އޭސީސީގެ އެންގުމަށް އެ ފައިސާ ވަނީ ހިފަހައްޓާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް