Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ

ގައިދީންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މި ދަނީ މަސައްކަތް ކުރަމުން: ރައީސް

13 އެޕްރީލު 2019 | ހޮނިހިރު 07:26

ބޭނުންތެރި ބަޔަކަށް ހެދުމަށް ޕްރޮގްރާމްތައް މިހާރު ވެސް ހިންގަމުންދާ ކަމަށް ވިދާޅުވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 13 އެޕްރީލު 2019 | ހޮނިހިރު 07:26
ރައީސުލްޖުމްހޫރިއްޔާ ދެ ކަނބަލުން ފެއަރ ބައްލަވާލައްވަނީ

ރައީސުލްޖުމްހޫރިއްޔާ ދެ ކަނބަލުން ފެއަރ ބައްލަވާލައްވަނީ

ޖަލުގެ ބަންދުގައި މި ވަގުތު ތިބި ފަރާތްތައް، ޖަލުން މިނިވަންވެ މުޖްތަމައަށް ނިކުންނައިރު އެ މީހުންނަކީ މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖަލުގައި ތިބި ގައިދީންގެ ހުނަރު ދައްކާލުމުގެ ގޮތުން މާފުށީ ސްކޫލްގައި ބޭއްވި "އިންމޭޓްސް ކްރިއޭޓިވިޓީ" ފެއަރ ހުޅުވައި ދެއްވުމަށްފަހު "ރާއްޖެޓީވީ"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސައްކަތް ކުރައްވަނީ މި ވަގުތު ޖަލުގެ ބަންދުގައި ތިބި ގައީދިން މުޖްތަމައަށް ނިކުންނައިރު، އެ މީހުންނަކީ މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަކީ މުޖްތަމައަށް ނުކުންނައިރު، ބޭނުންތެރި ބަޔަކަށް ހެދުމަށް ތަފާތު ޕްރޮގްރާމްތައް މިހާރުވެސް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ހުކުރު ދުވަހު މާފުށީ ސްކޫލް ފެށުނު "އިންމޭޓްސް ކްރިއޭޓިވިޓީ" އަކީ އެފަދަ އެއް ހަރަކާތް ކަމަށެވެ.

" މި ވަގުތު ޖަލުގައި ތިބި ފަރާތްތައް މުޖްތަމައަށް ނިކުންނައިރު އެއީ ބޭނުންތެރި ބަޔަކަށް ވާނެ ކަމަށް އުއްމީދު ކުރަން. އުއްމީދަކީވެސް މަސައްކަތަކީވެސް އެއީ. އިތުރު ޕްރޮގްރާމްތައް ޖަލުގައި ބަންދުގައި ތިބި ފަރާތްތަކައް ހިންގާ ކަމުގައި ވާނަމަ އެބުރި މުޖްތަމައަށް ނިކުންނައިރު، އޭގެ ރަނގަޅު ހެޔޮ ގޮތްތައް ޖަލުގައި ތިބި ކުދިންނަށް ވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ހުކުރުދުވަހު މާފުށީ ސްކޫލްގައި ބޭއްވި "އިންމޭޓްސް ކްރިއޭޓިވިޓީ" ފެއަރ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނެވެ. ފެއަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފެއަރ ބައްލަވާލައްވާފައެވެ. އަދި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ސޮއިކުރައްވާފައެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ އަކީ، ގައިދީންގެ އަމިއްލަ މަސައްކަތުން އެމީހުންގެ ހުނަރުތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ބާއްވާ ފެއާ އެކެއެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެއަރއެކެއެވެ. މިއީ މި ފެއަރ ބޭއްވި އަށްވަނަ ފަހަރެއެވެ.

މި ފަހަރުގެ ފެއާގައި ގައިދީން ހަދާފައިވާ 1050 އައިޓަމްސް ބަހައްޓާފައި ހުރިއިރު، މި ތަކެތި ހެދުމުގައި ފަސް އޮފިސަރުންނާއި، 43 ގައިދީން ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

09 މާރިޗު 2017
ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

01 މާރިޗު 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް