Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ޝައުބާން މަހަކީ ހެޔޮ އަމަލުގެ ފަތް ބަރުކުރަން ލިބޭ ރަނުގެ ފުރުސަތެއް: ޚުތުބާ

12 އެޕްރީލު 2019 | ހުކުރު 08:25

ޝައުބާން މަހު ރޯދަ ހިފުމުގެ 2 ހިކުމަތެއްވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އެޕްރީލު 2019 | ހުކުރު 08:25
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ޝައުބާން މަހަކީ އެމީހެއްގެ ހެޔޮ އަމަލުގެ ފަތް ބަރުކޮށް، ހެޔޮ އަމަލުތައް އިތުރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޝައުބާން މަހުގެ ދުވަސްތަކުގައި ހެޔޮ އަމަލު ގިނަ ކުރުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނެފައިވަނީ ޝައުބާން މަހު ހެޔޮ އަމަލުތައް ގިނަކޮށް ރޯދަ ހިފުމުގެ ދެ ހިކުމަތެއް ވާ ކަމަށާއި، އެއީ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ދެވޭ ތަމްރީނެއް ކަމަށެވެ.

Advertisement - newsAdvertisement
"ފުރަތަމަ ހިކުމަތަކީ ޝައުބާން މަސް ވަނީ ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައި ކަމުން މީސްތަކުން އެ މަހަކާމެދުގައި ޢާފިލުވެފައިވާތީ، އެ ޢާފިލުކަމުން މީސްތަކުން ހޭލައްވާލުން، އެހެން ކަމުން މީ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ދެވޭ ތަމްރީނެއް، ދެވަނަ ހިކުމަތަކީ މީސްތަކުންގެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފުލިގެންދާ މަހަކީ ޝައުބާން މަސް ކަމަށް ވެފައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުން މަތީ އެ އިލާހުގެ އަޅުތަކުން ތިބޭ ހާލު، އެ އަޅުތަކުންގެ އަމަލުތައް ﷲ ގެ ހަޟުރަތަށް އުފުލިގެންދާނެ ގޮތް މިންވަރުކުރެއްވުން" ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ކީރިތި ރަސޫލާވެސް ޝައުބާން މަހުގެ ބޮޑު ބައެއްގައި ރޯދަ ހިއްޕެވިކަން ހަދީޡްތަކުން ސާބިތުވާ ކަމަށާއި، ޝައުބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

"ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ޝައުބާން މަހު ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެކެވެ. އެ ރަވާތިބު ސުންނަތް ތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވެއެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވެއެވެ" ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ޝައުބާން މަހު ރޯދަ ހިފުމުގެ ސަބަބުން ރަމަޟާން މަސް އަންނަންވާއިރަށް އެމަހަށް މީހާގެ ނަފްސު ތައްޔާރު ކުރުމަށް އެހީއަކަށް ވެގެންދާ ކަމަށާއި، ނަމަވެސް ޝައުބާން މަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވައި ޖަމާއަތްތައް ހަދައިގެން ހަމައެކަނި އެރެއަށް ޚާއްސަކޮށްގެން ބައެއް މީހުން ނަމާދުކޮށް ހަދާ ކަމަށާއި، އެއީ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

02 މެއި 2017

ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!

02 މެއި 2017
ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
20 އެޕްރީލު 2017

އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

20 އެޕްރީލު 2017
އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި
11 އެޕްރީލު 2017

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް