Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީންގެ މަރުގެ މައްސަލަ

ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!

ޔާމީންގެ ބައްޕަ ބުނީ ސިޓީތައް ރިޖެކްޓްކުރީ ގިނަ ބަޔެއްގެ ނަންމަތީ ހުށަހެޅި ސިޓީތަކެއް އެކަކު ހުށަހެޅުމުން ކަމަށް ފުލުހުން ބުނާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 15:26
ޔާމީން ރަޝީދުގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި ސިޓީތަކާއެކު ޔާމިންގެ ބައްޕަ

ޔާމީން ރަޝީދުގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި ސިޓީތަކާއެކު ޔާމިންގެ ބައްޕަ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ގާތްތ އެކުވެރިޔާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ހުށަހެޅި ސިޓީތައް ފުލުހުންގެ އިދާރާއިން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

އަންގާރާ ދުވަހު 11:30 އެހާކަންހާއިރު ފުލުހުންގެ އިދާރާއަށް ވަނީ 800 އެއްހާ ސިޓީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ އެވެ. އެސިޓީތަކާ ހަވާލު ވުމަށް ފަހު، އެސިޓީތައް ބަލައި ނުގަންނަ ކަމަށް ޔާމީން ރަޝީދުގެ އާއިލާއަށް އަންގާފައިވަނީ އޭގެ ތިން ގަޑިއެއްހާއިރު ފަހުން 14:30 އެހާކަންހައިރު އެވެ.

Advertisement - newsAdvertisement

ފުލުހުން ރިޖެކްޓް ކުރި ސިޓީތަކާ ހަވާލުވެ، ފުލުހުންގެ އިދާރާއިން ނުކުމެ، ނޫސްވެރިންނަށް މައުލޫމާތު ދެމުން އެސިޓީތައް ފުލުހުންގެ އިދާރާއަށް ހުށަހެޅި ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނީ އެކަކުގެ ފަރާތުން އެގޮތަށް ބައިވަރު ސިޓީތަކެއް ހުށަހެޅުމުން އެ ސިޓީތަކަށް ޖަވާބު ދިނުމަށް ފުލުހުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ސީޓީއެއް ހުށަހަޅާނަމަ ހުށަހެޅޭނީ އެމީހަކު އަމިއްލައަށް ނުވަތަ އެ އިދާރާއަށް ގަބޫލުކުރެވޭ ފަރާތަކަށް ހަވާލުކޮށްގެން ކަމަށެވެ.

ނަމަވެސް މިފަދަ ގޮތަކަށް ބައިވަރު ސިޓީތަކެއް އެކަކު ހިފައިގެން އައިސް ފުލުހުންގެ އިދާރާއަށް ހުށަހެޅުނު މިއީ ފުރަތަމަ ފަހަރުކަމަށް ފުލުހުން ބުނެފައި ވާތީ، އެސީޓީތައް ގަބޫލު ކުރޭތޯ އެވަގުތު ފުލުހުންގެ އިދާރާއިން ހުންނެވި އެކިއެކި އިސްވެރިންނާ ވެސް ބައްދަލުކޮށް އަލިމަގެއް ނުފެނު ކަމަށް ޔާމީންގެ ބައްޕަ ބުނެއެވެ.

ޔާމީންގެ ބައްޕަ ބުނީ އާއިލާއިން ހުށަހެޅީ ސިޓީ ފުލުހުން ގަބޫލު ކުރި ސަބަބަކީ އެސިޓީގައި އާއިލާއާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ހުށަހެޅި ސިޓީތަކުގެ ވާހަކަތައް އެސިޓީގައި ބަޔާން ކޮށްފައިވާތީ ކަމަށެވެ.

"އަޅުގަނޑު ބުނިން އާއިލާއިން ހުށަހެޅި ސިޓީއަށް އެކަނި ޖަވާބު ދިނަސް، ދެން ސިޓީ ހުށަހަޅާފައިވާ ފަރާތްތައް އެކަން ގަބޫލު ކުރާނެ ކަމަށް. އެސިޓީތަކުގައި ވެސް ހުރީ ހަމަ އެއްވާހަކަ ތަކެއް ކަމަށް. އެކަމަކުވެސް ހުށަހެޅި އެއްވެސް ސިޓީއެއް ގަބޫލެއް ނުކުރި،" ވަރަށް ދެރަވެފައިހުރެ ޔާމީން ރަޝީދުގެ ބައްޕަ ބުންޏެވެ.

މީގެ އިތުރުން ޔާމީންގެ ބައްޕަ ބުނީ ސިޓީތައް އަލުން ހުށަހެޅުމާ މެދު ވަކިގޮތެއް އަދި ނުނިންމާކަމަށެވެ. ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށާއި އަރީފްއާ ބައްދަލު ކުރެވޭ ދުވަހު ސިޓީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު

ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު

18 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު