Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝީޔާގައި ބަންދުކޮށްގެން ގެންގުޅުނު ބޮޑުމަސްތައް

ބަންދުކޮށްފައިވާ ބޮޑު މަސްތައް ދޫކޮށްލާ އެއްބަސްވުމެއްގައި ރަޝީޔާ އިން ސޮއިކޮށްފި

11 އެޕްރީލު 2019 | ބުރާސްފަތި 06:17

ބޮޑުމަސްތައް ދޫކޮށްލަން ނިންމާފައި ވަނީ ގުދުރަތީ މާހައުލަށް އަލުން އަހުލުވެރި ކުރުވުމަށް ފަހު

އަމަން ހަލީމް
އަމަން ހަލީމް | 11 އެޕްރީލު 2019 | ބުރާސްފަތި 06:17
ބަންދުކޮށްގެން ގެންގުޅުނު ބޮޑުމަސްތައް ކޮށީގެ ތެރޭގައި

ބަންދުކޮށްގެން ގެންގުޅުނު ބޮޑުމަސްތައް ކޮށީގެ ތެރޭގައި

ރަަޝީޔާ އިން ބަންދުކޮށްގެން ގެންގުޅުނު ސަތޭކައަށް ވުރެ ގިނަ ބޮޑުމަސް ދޫކޮށްލަން ބައިނަލްއަގްވާމީ ސައިންސްވެރިންގެ ގްރޫޕަކާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ރަޝިޔާގެ އިރުމަތީ ސަރަހައްދުގެ ކަނޑުގައި ހަދާފައިވާ ކޮށިތަކެއްގައި ގެންގުޅުނު ބޮޑުމަސްތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ލީކުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރަޝިޔާގެ ކުންފުންޏަކުން އައްޑިހަ ހަތް ބެލޫގާ ވޭލް އާއި ދިހަ އޯކާ (ކިލަރ ވޭލް) ބަންދުކޮށްގެން ގެންގުޅުނީ ޗައިނާގެ މެރިން ޕާކްތަކަށާއި އެކުއޭރިއަމްތަކަށް ވިއްކާލުމުގެ ނިޔަތުގައެވެ.

މި ބޮޑުމަސްތައް ދޫކޮށްލަން ގޮވާލާ ޕެޓީޝަނެއްގައި 1.5 މިލިއަން މީހުން ސޮއިކޮށްފައިވާ އިރު، މި މަސައްކަތުގައި އެއްމެ އިސްކޮށް އުޅުނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނަރޑޯ ޑި ކާޕްރިއޯއެވެ. އޭނާގެ އިތުރުން އެކްޓްރެސް ޕަމެލާ އެންޑަރސަން ވެސް ވަނީ ބޮޑުމަސްތައް ދޫކޮށްލަން ގޮވާލައި ރަޝިޔާގެ ރައީސް ވްލަޑަމިރް ޕޫޓިންއަށް "އޯޕަން" ސިޓީއެއް ވެސް ފޮނުވާފައެވެ.

ބައިބަޔަށް ބަހާލައިގެން ދޫކޮށްލަން ނިންމި ބޮޑުމަސްތަކުގެ އެއްބަސްވުމުގައި ރަޝިޔާގެ ސައިންޓިސްޓުންނާ އެކު ސޮއިކުރި ބައިނަލްއަގްވާމީ ސައިންޓިސްޓުންގެ ތެރޭގައި ފަރަންސޭސްވިލާތުގެ ކަނޑުގެ ދިރުންތަކާ ބެހޭ މާހިރު ޖަކް ކޫސްޓޯގެ ދަރި ޖޯން-މިޝެލް ކޫސްޓޯ ވެސް ހިމެނެއެވެ.

މި ބޮޑުމަސްތައް ދޫކޮށްލުމުގެ ކުރިން އެ ސޮރުމެންގެ ގުދުރަތީ މާހައުލައް އަލުން އަހުލުވުމުގެ ގޮތުން ރީހެބިލިޓޭޝަން ދޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ. ރަޝިޔާގައި ބޮޑުމަސް ހިފަން ހުއްދަ އޮންނަނީ ހަމައެކަނި ތައުލީމީ ނުވަތަ ސައިންސްގެ ބޭނުންތަކަށް ވަކި ހާއްސަ ހާލަތްތަކެއް ތެރޭގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް