Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕޭ ކުޓީނިއޯ

ބާސާގައި މިހުރީ ހިތްހަމަޖެހިގެން: ކުޓީނިއޯ

8 އެޕްރީލު 2019 | ހޯމަ 11:39

ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 8 އެޕްރީލު 2019 | ހޯމަ 11:39
ބާސާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ބާސާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ބާސާގައި ހުރީ ހިތްހަމަޖެހިގެން ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ބުނެފިއެވެ.

ދަ މިރާއަށް ދިން އިންޓަވިއުއެއްގައި ކުޓީނިއޯ ބުނީ، އިނގިރޭސިވިލާތަށް ބަދަލުވުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށާއި، ބޭނުންވަނީ ސްޕެއިންގައި ކުޅެން ކަމަށެވެ.

ކުޓީނިއޯ ބުނީ، މިއީ އޭނާ ބާސާގައި ހޭދަކުރާ ދެވަނަ ސީޒަން ކަމަށާއި، ތަށިތަކެއް ވެސް ކާމިޔާބުކުރެވިފައިވާ ކަމަށެވެ. އަދި ވިސްނުން ހުރީ އިތުރު ކާމިޔާބީތައް ހޯދަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން 86 މިލިއަން ޕައުންޑަށް ކުޓީނިއޯ ވިއްކާލަން ބާސާ އޮތީ ތައްޔާރަށެވެ. އަދި ކުޓީނިއޯ ހޯދުމަށް ކްލަބްތަކުން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށް ބާސާ އިން ވަނީ ނިންމާފައެވެ. އެގޮތުން ކުޓީނިއޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ފަށައި، ބާސާއަށް ހުށަހެޅުމެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 66 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖުލައި 2017

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

29 ޖުލައި 2017
ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ
28 ޖުލައި 2017

ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް

28 ޖުލައި 2017
ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް
26 ޖުލައި 2017

ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ

26 ޖުލައި 2017
ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
27 މެއި 2017

ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ

27 މެއި 2017
ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް