Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފިލިޕޭ ކުޓީނިއޯ

ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ

ކުޓީނިއޯ ވަނީ ލިވަޕޫލްއާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 26 ޖުލައި 2017 | ބުދަ 08:05
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ވިއްކާލުމަށް ލިވަޕޫލް އާއި ބާސެލޯނާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިންގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯގެ ޓްރާންސްފާއާ ގުޅިގެން ބާސާ އަދި ލިވަޕޫލް ވަނީ މަޝްވަރާކޮށްފައި ކަމަށާއި، އެ ދެ ކްލަބުން ވަނީ ޓްރާންސްފާއާ ގުޅިގެން އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުޓީނިއޯ ބުނީ އޭނާއާ އެކު ލިވަޕޫލް ދިގު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެހެން ކަންކަމާމެދު އޭނާ ވިސްނަމުންނުދާ ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް ޝައުގުވެރިވާ ކުޓީނިއޯ ހޯދުމަށް ބާސާއިން ވަނީ ޖެނުއަރީ ޓްރާންސްފާގައިވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައިވާ ކުޓީނިއޯ ދޫކޮށްލަން ލިވަޕޫލުން އެފަހަރު އެއްބަހެއް ނުވިއެވެ.

ކުޓީނިއޯ އަދި ލިވަޕޫލްގެ އިތުރު ކުޅުންތެރިޔަކުވެސް ވިއްކާލަން ބޭނުންނުވާ ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ވަނީ ދާދި ފަހުން ބުނެފައެވެ. އެގޮތުން އޭނާ ބުނީ ލިވަޕޫލްގައި ތިބީ ހުސް މުހިންމު ކުޅުންތެރިން ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު ވިއްކާލަން ބޭނުންނުވާ ކަމަށެވެ.

ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ ކުޓީނިއޯ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު