Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

އިންތިޚާބު ކުރިއަށްދާ ވަގުތު ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކޮމިޝަނަރ އެދިވަޑައިގެންފި

5 އެޕްރީލު 2019 | ހުކުރު 17:12

މާދަމާއަކީ ފުލުހުންނަށް ނަމޫނާ ދެއްކުމަށް ލިބޭ ފުރުސަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 5 އެޕްރީލު 2019 | ހުކުރު 17:12
ބްލޫ ޓައިޑްގެ ބްރީފިންގ ތެރެއިން

ބްލޫ ޓައިޑްގެ ބްރީފިންގ ތެރެއިން

ރައްޔިތުން މަޖިލިސް އިންތިޚާބު ކުރިއަށްދާ ވަގުތު ދިމާވާ މައްސަލަތައް އިންތިޚާބާ ބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ހައްލުކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.

ކޮމިޝަނަރ ހަމީދު މިހެން އެދިވަޑައިގެންނެވީ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން" ބްލޫ ޓައިޑް"ގެ ބްރީފިންގ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހަމީދު ވިދާޅުވީ މާދަމާ އަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަމާން އޮމާންކަމާއެކު ނިންމާލުމަށްޓަކައި ފުލުހުންނާއި އިލެކްޝަންސް ގުޅިގެން މީގެ ދެތިން މަސްކުރިން ކުރަމުންއައި މަސައްކަތްތައް ނިންމާލުމަށް ނުކުންނަ ދުވަސްކަމަށެވެ.

ހަމީދު ވިދާޅުވީ ހޮނިހިރުއަކީ ދަޢުލަތަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި ފުލުހުންގެ މަސައްކަތުގެ ނަމޫނާ ދައްކުވައިދޭން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މިފުރުސަތުގެ ބޭނުން ކޮންމެ ފުލުހަކުވެސް ހިފައި، ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި މަސައްކަތުގެ ނަމޫނާ ދައްކަވައި ދޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވާ ކޮންމެ ފަހަރަކީ ރަނގަޅު، އެކުވެރިކޮށް ބައްދަލުވާ ބައްދަލުވުމަކަށް ހަދައި، އިންތިޚާބާބެހޭ ގާނޫނޫތަކާއި ގަވާއިދުތަކާއި ފުށުއަރާފަދަ ކަމެއް ބައެއް ފަރާތުން ނުވަތަ މީހެއްގެ ކިބައިން ފެންނަ ހިނދުވެސް، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނާއި ފުލުހުންނަށް ދީފައިވާ ބްރީފިންގގައިވާ ގޮތުގެ މަތިން އެކަމެއް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ހަމީދު އެދިވަޑައިގެންނެވިއެވެ.

މީގެކުރިން ބޭއްވި އެކަތެއް އިންތިޚާބުތަކުގައި ވެސް ފުލުހުން އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ނަމޫނާ ދައްކާފައިކަން ފާހަގަކުރައްވައި، ހަމީދު ވިދާޅުވީ ފާއިތުވެދިޔަ އިންތިޚާބުތަކުގައި ލިބިފައިވާ ފިލާވަޅުތަކުން އިބުރަތް ލިބިގަނެ، ކޮންމެ ފުލުހަކާ ހަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު ރަނގަޅަށް އެނގިގެން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

މި އިންތިޚާބަކީ އަމާން، ރައްކާތެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ހަމީދު ވަނީ އެދިވަޑައިގެންފައެވެ.

މި ބްރީފިންގގައި އޮޕަރޭޝަން ބްލޫ ޓައިޑްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

އެގޮތުން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ތަމްރީނުތައްދީ، އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ފުލުހުން އެތަންތަނަށް ގޮސް ނިމިފައިވާކަމަށެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކުރަމުންއައި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ވިދާޅުވިއެވެ.

މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް