Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުުމަށް އެކަށީގެންވާ ވަރަށް އިންތިޒާމްތައް ހަމަޖައްސާފައިވޭ: އެޗްއާރުސީއެމް

5 އެޕްރީލު 2019 | ހުކުރު 12:50

މިނިވަންކަމާއެކު ވޯޓުލުމަށް ހުރަސްއެޅޭ ފަދަ ކަންކަން ފާހަަގަކުރެވިފައިވޭ: އެޗްއާރުސީއެމް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 އެޕްރީލު 2019 | ހުކުރު 12:50
ނިމުނު ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތަރައްޔާރީތައް ކުރިއަށްގެންދަނީ

ނިމުނު ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތަރައްޔާރީތައް ކުރިއަށްގެންދަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖައްސާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ހޮނިހިރު ދުވަހު (މާދަމާ) ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބާއި ގުޅިގެން އެޗްއާރުސީއެމުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތާއެކު އާންމުކުރި ބަޔާނެއްގައި އެ ކޮމިޝަނުން ބުނީ، އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރުމަށް ނިންމާފައިވާއިރު، އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، އިންތިޚާބު ބާއްވާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާއި، އިންތިޚާބުގެ ފަހުން ހިނގާ ކަންކަން އޮބްޒާވްކުރުން ހިމެނޭ ކަމަށެވެ. އަދި އިންތިޚާބުގެ ކުރީގެ މަރުހަލާ މޮނިޓަރކުރުމުގައި އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން މީޑީއާގެ އެކި ވަޞީލަތްތައް މޮނިޓަރކޮށް، ފާހަގަވާ ކަންކަމާއި، ކަމާގުޅުން ހުރި އެކި ފަރާތްތަކާ އެކު ބާއްވާފައިވާ ބައްދަލުވުންތަކުން ފާހަގަވެފައިވާ ކަންކަމާއި، އިންތިޚާބާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ކަންކަމަށް އަލިއަޅުވާލައި، ހާލަތު ދެނެގަތުމުގެ ގޮތުން ކޮންމެ ހަފްތާއަކު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

Advertisement - newsAdvertisement

އޭގެއިތުރުން އެ ރިޕޯޓުގައި ފާހަގަވާ މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭފަރާތްތަކާ މަޝްވަރާކޮށް، ކަންކަން ހައްލު ކުރުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިންތިޚާބާ ގުޅުން ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ކަމާގުޅުން ހުރި އިދާރާތަކާ ވާނީ ހިއްސާކުރެވިފައިކަމަށް ކޮމިޝަނުން ބުންޏެވެ.

އޭގެއިތުރުން ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ދަނީ ކުރަމުން ކަމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ގާއިމްވެފައިވޭތޯ ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމުތަކުން ޒިޔާރަތްކޮށް، ހާލަތު ވަނީ ދެނެގަނެވިފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާތަނަށް ކޮމިޝަނުން ކުރި މަސައްކަތްތަކުން ފާހަގަކުރެވުނުގޮތުގައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ކޮމިޝަނުން ބުނީ އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެހިފައިވީނަމަވެސް މިނިވަންކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ނާޖާއިޒު ނުފޫޒު ފޯރާފަދަ ކަންތައްތައް މަދުން ނަމަވެސް ހިނގާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މުޅި ރާއްޖޭގައި ބޭއްވޭ މިމުހިންމު އިންތިޚާބަކީ އެންމެހާ ނުފޫޒުތަކުން މިނިވަންވެ ތިބެ އެމީހަކު އިޚުތިޔާރުކުރާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރިހަމަ އިޚުތިޔާރުލިބިފައިވާ އިންތިޚާބަކަށް ހެދުމަށާއި، ގައުމީ މަސްލަހަތު އިސްކޮށް އަމާން އޮމާން ވެއްޓެއްގައި ބޭއްވޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ހެދުމަށް އިތުރަށް މަސައްކަތްކުރުމަށް ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް