Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހީމް ރަޝީދުގެ ފަރުވާ

އިބްރާހީމް ރަޝީދަށް ފަރުވާ ދެމުން އެބަދޭ: މިނިސްޓަރު ޝިދާތާ

3 އެޕްރީލު 2019 | ބުދަ 09:12

އިބްރާހީމް ރަޝީދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 3 އެޕްރީލު 2019 | ބުދަ 09:12
ހަމުގެ މައްސަލަތަކެއް ދިމާވެފައިވާ އިބްރާހީމް ރަޝީދު

ހަމުގެ މައްސަލަތަކެއް ދިމާވެފައިވާ އިބްރާހީމް ރަޝީދު

ހަމުގެ ބައްޔެއް ޖެހި، މާލޭ މަގުމަތީގައި ސަލާންޖަހަމުންދާ ގ. ފްރެޝްލައިޓް އިބްރާހީމް ރަޝީދަށް ސިއްހީ ފަރުވާ ދެމުންދާ ކަމަށް މިނިސްޓާރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މި މަސަލައާ ގުޅިގެން މިނިސްޓަރު ޝިދާތާ ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ އިބްރާހީމް ރަޝީދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އާއިލާގެ ބެލުމުގެ ދަށުން އިބްރާހީމް ރަޝީދު މި ވަގުތު ގެންދަނީ ސިއްހީ ފަރުވާ ހޯދަމުން ކަމަށް ވެސް މިނިސްޓަރު ޝިދާތާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޖަލަށް ހުކުމް ކުރި އިބްރާހީމް ރަޝީދުގެ މައްސަލާގައި މިނިސްޓަރު ޝިދާތާ ވާހަކަދައްކަވާފައި މިވަނީ އިބްރާހީމް ރަޝީދަށް ދިމާވެފައިވާ ސިއްހީ މައްސަލަ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހާމަކުރުމާ ގުޅިގެންނެވެ.

ރަޝީދަށް ފަރުވާ ދެމުން ގެންދަނީ ސިއްހީ ފަރުވާ ދޭ މަރުކަޒެއްގައި އެޑްމިޓު ކޮށްގެން ކަމަށް ވެސް ޖެންޑަ މިނިސްޓްރީން ބުނެފައި ވެއެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން އިބްރާހީމް ރަޝީދު ޖަލުން ގޭބަންދަށް ދޫކޮށްލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް އެނގިފައި ވެއެވެ.

އިބްރާހީމް ރަޝީދުގެ މައްސަލަ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މީގެ ކުރިން މީޑިއާގެ ސަމާލުކަމަށް ގެނެސްފައިވާއިރު އިބްރާހީމް ރަޝީދުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިބްރާހީމް ރަޝީދަށް ހަމުގެ މައްސަލަ ދިމާވީ އޭނާ މާފުށި ޖަލުގައި ހައްޔަރުކުރި ފަހުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޖަލުގައި ތިބި ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ނުދޭ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވެފައި ވެއެވެ. އަދި މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ އަބްދުﷲ ރަޝީދު މަރުވުމާ ގުޅިގެން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ބަލާފައި ވެއެވެ. މީގެ އިތުރުން ގޮތް ނޭނގޭ ގޮތްގޮތަށާއި ތަފާތު އެކި ސިއްހީ މައްސަލަތައް ގިނަވެ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ގައިދީން މަރުވިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް