Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

ޖޭޕީގެ ރައީސް އަލީ ވަހީދާއި ބައެއް މިނިސްޓަރުން ފާޅުގައި އެޖެންޑާ 19ގެ ކެމްޕެއިންނަށް!

އަލީ ވަހީދާއި ޑރ. ހުސެއިން ވަނީ އެޖެންޑާ 19 އަށް އެބޭފުޅުން ތާއީދު ކުރައްވާކަން ހާމަކުރައްވާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 3 އެޕްރީލު 2019 | ބުދަ 02:23
ތުޅާދޫގައި ރޭ ބޭއްވި އެޖެންޑާ 19 ޖަލްސާގައި ޖޭޕީގެ އިސް ބޭފުޅުން

ތުޅާދޫގައި ރޭ ބޭއްވި އެޖެންޑާ 19 ޖަލްސާގައި ޖޭޕީގެ އިސް ބޭފުޅުން

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި އެ ޕާޓިގެ ބައެއް މިނިސްޓަރުން ފާޅުގައި އެމްޑީޕީގެ އެޖެންޑާ 19އަށް ތާއީދުކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކެމްޕެއިނަށް ނުކުންނަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެ ޕާޓީގެ ބައެއް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ފާޅުގައި މި ނުކުންނެވީ، ޖުމްހޫރީ ޕާޓީއިން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ޕީއެންސީ ކޯލިޝަނާ އެކު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ގުޅިގެން މަަސައްކަތްކުރަން އެ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ނިންމެވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ބައެއް މިނިސްޓަރުން މި ވަގުތު ވެސް އުޅުއްވަނީ، އެމްޑީޕީގެ އެޖެންޑާ 19 އަށް ތާއީދުކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ މަަސައްކަތުގައި ކެންޑިޑޭޓުންނާ އެކު އަތޮޅުތެރޭގައެވެ.

އެގޮތުން މިނިސްޓަރ އަލީ ވަހީދާއި، ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އަންގާރަ ދުވަހުގެރޭ ވަނީ، ބ. ތުޅާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ހިސާން ހުސެއިން ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެެވެ. އަދި މި ޖަލްސާގައި އަލީ ވަހީދު ވެސް އަދި ޑރ. ހުސެއިން ވެސް ވަނީ އެޖެންޑާ 19 އަށް އެ ބޭފުޅުން ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން މެކުހަށް ޖަހާފައިވާއިރު، ޖޭޕީގެ އެންމެ އިސް ބޭފުޅުން އެޕާޓީއާ ފެއަށް ޖެހި، އެމްޑީޕީގެ އެޖެންޑާ 19 އަށް ތާއީދުކުރުމާ މެދު ޖޭޕީ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެޖެންޑާ 19 އަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޖޭޕީގެ ބޭފުޅުން ކުރިއަަށް ދެ ދުވަހު ވެސް އުޅުއްވާނީ އަތޮޅުތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ކ.ގުރައިދޫ، ފެރިދޫ، ތުޅާދޫ، އަނގޮޅިތީމް، އަލިފުށި، ކެންދޫ، ހިންނަވަރު، މަނަދޫ އަދި ވެލިދޫގެ އެމްޑީޕީ ކެމްޕެއިން ހަރަކާތްތަކުގައި މި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަދި މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަނީ ހޯމަ ދުވަހުގެރޭ އޮތް އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު