Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެެޖެންޑާ 19 ބ.ކެންދޫ

ތަރައްގީ އަކީ ރަނގަޅު އާއިލާއެއް ބިނާކުރެވުން:ރައީސް ނަޝީދު

2 އެޕްރީލު 2019 | އަންގާރަ 12:18

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ ރަނގަޅު އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 އެޕްރީލު 2019 | އަންގާރަ 12:18
ބ.ކެންދޫއިން ރައީސް ނަޝީދަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައި

ބ.ކެންދޫއިން ރައީސް ނަޝީދަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައި

ތަރައްގީ އަކީ ރަނގަޅު އާއިލާއެއް ބިނާކުރެވުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

19 ވަަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޓިކެޓްގައި ކެންދޫ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ލަތީފްގެ ކެމްޕެއިން ޖަލްސާއަށް ކެންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްގީއަކީ ކޮންކްރީޓް އާއި ހައިމާކް ނޫން ކަމަށެވެ. ތަރައްގީއަކީ ރަނގަޅު އުފާވެރި ތަނަވަސް އާއިލާއެއް ބިނާކުރެވިގެން ދިއުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ ރަނގަޅު އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އާއިލާއެއް ބިނާކުރުމުގެ ފުރިހަމަ ވިސްނުން ރައީސް ސޯލިހުގެ ހުންނާނެ ކަމަށާއި، ކުޑަކުދިންނާއި ބޮޑެތި މީހުން އެ މަނިކުފާނު ދެކެ ލޯބިވާ ކަމަށް ރައީސް ނަޝީދު ވިދާުޅުވިއެވެ.ރަނގަޅު އާއިލާޢެއް ބިނާކުރުމަށް ކަންތައް ކުރަންޖެހޭނީ ކިހިނެއްކަން ރައީސް ސޯލިހަށް ވަަރަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ އެމްޑީޕީ ކެނޑިޑޭޓުންގެ މަގްސަދަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުން ކަމަށާއި، އެ މެމްބަރުން ހިމާޔަތް ކުރަން ގޮވާނެ ވިޔަފާރިއެއް ރިސޯރޓެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ބައެއް ކެނޑިޑޭޓުން ތިމަންނާއަކީ ރައީސް ސޯލިހުގެ ކެނޑިޑޭޓް ކަމަށް ވިދާޅުވަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް ސޯލިހުގެ ކެނޑިޑޭޓަކީ ރައީސް ނަޝީދުގެ ކެނޑިޑޭޓް ކަމަށާއި، އެ މަނިކުފާނު ތާއީދު ނުކުރައްވާ ކެނޑިޑޭޓަކަށް ރައީސް ސޯލިހުވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ.

އެޖެންޑާ 19 އަކީ ގާނޫނީ އޮނިގަނޑެއް ކަމަށާއި، ތަރަހައެއް ކަމަށް ވިދާޅުވެ ކެންދޫ ރައްޔިތުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިސޯރޓްތަކުގައި ވަޒީފާ އަދާކުރާ ކެންދޫ މީހުންނަށް އޯފް ޑިއުޓީގައި ކެންދުއަށް އާދެވޭނެ ކަމަށާއި،ގާނޫނެއްގައި ލިޔެ އެކަންކޮށްދެއްވާނެ ކަމަށެވެ. އެއީ އެޖެންޑާ 19 އިން ރައްޔިތުންނަށް ކަށަވަރުވެގެންދާނެ ވައުދެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބާއި ދިމާކޮށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ވަކި ސިޔާސީ މަންފާއެއް ހާސިލްކުރުމުގެ ބޭނުމުގައި ލާ ދީނީއޭ ގޮވައިގެން އަންނަ ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ނަޝީދުވަނީ އެދިވަޑައިގެންފައެވެ. ރާއްޖެއަކީ 100 ޕަސެންޓް އިސްލާމީ ގައުމެއް ކަމަށާއި، ލާދީނީ މީހުން ރާއްޖޭގައި ނޫޅޭނެ ކަމަށާއި، އެއީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ މި ވަގުތު އޮތީ ހަތަރު އަނގޮޅއިއެއްގެ ކަންމަތީގައި ކަމަށާއި، އަމާން އައްސޭރިއަކަށް ނޫނީ ހަރާބުގެ އައްސޭރިއަކަށް ވެސް ދެވެން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގައުމު އަމާން ބަނދަރަކަށް ދެވޭނެ ހަމައެކަނި ގޮތަކީ އެޖެންޑާ 19 ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން

ރާއްޖޭގެ ހުރިހާ ރައްޔިތުން ތިލަފަތަށް ވޯޓް ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ކެންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވަނީ މިނިވަން ކެނޑިޑޭޓް އަހްމަދު ރިޒާ،އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު ލަތީފް،ޖޭޕީގެ ކެނޑިޑޭޓް އަލީ ހުސެއިންއެވެ. އަލީ ހުސެއިން އަކީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރެވެ.

ކެންދޫގެ އާބާދީއަކީ 1298 އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް