Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19 ނ. އަތޮޅު

އިސްލާމްދީން ހިމާޔަތްކޮށްދޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ:ރައީސް ނަޝީދު

2 އެޕްރީލު 2019 | އަންގާރަ 10:38

އެމްޑީޕީގެ ސަރުކާރުގައި 47 މިސްކިތް ބިނާކުރެވުނު ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 އެޕްރީލު 2019 | އަންގާރަ 10:38
ކުޑަފަރީ ރައްޔިތަކާއި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ކުޑަފަރީ ރައްޔިތަކާއި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހްމަދު އީސައަށް ތާއީދް ހޯއްދެވުމަށް ނ. ކުޑަފަރީއަށް ވަޑައިގެން، އެ ރަށުގައި އޮތް އީސަގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކޮށްދޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެެވެ

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ކުރު މުއްދަތެއްގެ ވެރިކަމުގައި 47 މިސްކިތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިނާކުރެވުނު ކަަމަށެވެ. އެއީ މިހާތަނަށް އެއް ވެރިކަމެއްގައި އެންމެ ގިނަ މިސްކިތް ބިނާކުރެވުނު ވެރިކަން ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދެވީ ވެސް އެމްޑީޕިގެ ވެރިކަމުގައި ކަމަށާއި، އޭގެއިން ދޭހަކޮށްދެނީ ވެސް އެ ޕާޓީއިން އިސްލާމްދީނަށް އަހަމިއްޔަތުކަން ދޭ މިންވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

Advertisement - newsAdvertisement

އެމްޑީޕީ އުފެދި އެ ޕާޓީގެ ގުނަވަންތައް އުފެދުނު އިރު، އެންމެ ފުރަތަމަ އުފެދުނު ޕާޓީގެ ގުނަވަނަކީ އިސްލާމީ މަޝްވަރާ މަޖިލިސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން އެމްޑީޕީ އާއި ދިމާލަށް "ލާދީނީ" އޭ ގޮވަމުން އެ ގެންދަނީ، ވަކި ސިޔާސީ މަންފާއެއް ހާސިލްކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސިޔާސީ އައްޑަަނައަކަށް އިންތިޚާބާއި ދިމާކޮށް ދީން ނުނެގުމަށް ރައީސް ނަޝީދު ވަނީ އިދިކޮޅު ފަރާތްތަތަކަށް ގޮވާލައްވާފައެވެ.

އެޖެންޑާ 19 ގައި ހިމެނޭ ކަންތަކަށް އަލިއަޅުވާލައްވާ ވާހަަކަފުޅު ދައްކަވަަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހަމަޖެހުމާއި، ލާބަ އާއި މަންފާ ކަމަށެވެ. ކެނދިކުޅުދޫ ދާއިރާގެ ކެނޑިޑޭޓް އީސައަށް ވޯޓް ދެއްވުމަށް ރައީސް ނަޝީދު ވަނީ ކުޑަފަރީގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

ކެނދިކުޅުދޫ ދާއިރާގައި ހިމެނެނީ ކެނދިކުޅުދޫ،ހެނބަދޫ،ކުޑަފަރީ،މާޅެންދޫއެވެ. ކުޑަފަރީގެ އާބަާދީއަކީ 849 އެވެ.

ކެނދިކުޅުދޫ ދާއިރާގައި ހިިމެނެނީ ކެނދިކުޅުދޫ،ހެނބަދޫ،ކުޑަފަރީ،މާޅެންދޫއެވެ.ކެނދިކުޅުދޫގެ އާބާދީއަކީ 849 މީހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ޖުލައި 2017

ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ

07 ޖުލައި 2017
ކޮންމެ ދަތުރެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެ، ހަމައެކަނި އޮތް ގޮތަކީ މަސީހު އިސްތިއުފާދިނުން: ލޯޔަރު ވައްޑެ
19 ޖޫން 2017

ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި

19 ޖޫން 2017
ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި
15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
14 މެއި 2017

ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު

14 މެއި 2017
ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް