Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާއު ކިޑްސް ރަން

ވާއު ކިޑްސް ރަން: މި ފަހަރު ބުލީ ކުރުމާ ދެކޮޅަށް!

މި އަހަރު ހަތަރު އުމުރުފުރާ ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2019 | އަންގާރަ 06:31
ވާއު ކިޑްސް ރަންގެ މައުލޫމާތު ދިނުން

ވާއު ކިޑްސް ރަންގެ މައުލޫމާތު ދިނުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ޖިމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވާ "ވާއު ކިޑްސް ރަން" މި އަަހަރު އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖަރ (ޕަބްލިކް ރިލޭޝަންސް) މުހައްމަދު ސައީދު ވިދާޅުވީ، މިއީ ޓީއެފްޖީއާ ގުޅިގެން މި ރަން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރު ކަމަށާއި، މި އަހަރު އެހެން އަހަރުތަކާ ޚިލާފަށް އިތުރު އުމުރުފުރާތަކެއް ވެސް ހިމެނިފައިވާނެ ކަމަށެވެ. އަދި މި އަހަރުގެ ރަން އޮންނާނީ ހުޅުމާލޭގައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ، މި ފަހަރުގެ ރަންއަކީ ވެސް "ޗެރިޓީ" ރަންއަކަށް ހެދުމަށްޓަކައި ފަންޑް ރެއިސް ކުރާނެ ޕްލެޓް ފޯމެއް ތައާރަފް ކުރާނެ ކަމަށާއި، މި ރަން މެދުވެރިކޮށް ބުލީ ކުރުން ނުވަތަ ހަނގާ ކުރުމާ ދެކޮޅަށް ބީއެމްއެލް އާއި އާރކްއާ ގުޅިގެން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މި ރަންއާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ، މިދިޔަ އަހަރުތަކުގައި މި ރަން ކުރިއަށް ގެންގޮސްފައި ވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކަމަށާއި، ނަމަވެސް މި ފަަހަރު ހަތަރު އުމުރުފުރާއެއް ހިިމެނޭނެ ކަމަށެވެ. އެ ގޮތުން އެންމެ ހަގު އުމުރުފުރާގެ ގޮތުގައި ހަތަރު އަހަރާއި ހަ އަހަރު ހިމެނޭއިރު، ދެވަނަ އުމުރުފުރާއަކީ ހަ އަހަރާއި އަށް އަހަރެވެ. މި ދެ އުމުރުފުރާގައި ވެސް ދުވަން ހަމަޖެހިފައި ވަނީ ދެ ކިލޯމީޓަރަށެވެ.

ތިން ވަނަ އުމުރުފުރާއަކަށް އަށް އަހަރާއި 10 އަހަރު ހިމެނޭއިރު، މި އުމުރުފުރާގައި ދުވުމަށް ހަމަޖެހިފައިވަނީ ތިން ކިލޯމީޓަރަށް ކަމަށް ވެސް ޒިނާން ވިދާޅުވިއެވެ. އަދި މި 3 އުމުރުފުރާގައި ވެސް ބެލެނިވެރިންނާ އެކުގައި ދުވެވޭނެ ކަމަށާއި، އޭގެ ރެޖިސްޓްރޭޝަން ފީއަކީ 299ރ. ކަމަށް ވެސް ޒިނާން ވިދާޅުވިއެވެ.

އޭގެ އިތުރުން މި އަހަރު މުޅިން އަލަށް ތައާރަފް ކޮށްފައިވާ 10 އަހަރާއި 13 އަހަރުގެ އުމުރުފުރާގައި ދުވުމަށް ހަމަޖެހިފައި ވަނީ ބެލެނިވެރިންނާ ނުލާ ކަމަށާއި، އެ އުމުރުފުރާގެ ކުދިންގެ ރެޖިސްޓްރޭޝަން ފީއަކީ 199ރ. ކަމަށް ޒިނާން ވިދާޅުވިއެވެ.

މި ހުރިހާ އުމުރުފުރާއަކުން ވެސް ފުރަތަމަ 250 ޖާގައަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ހުޅުވާލާއިރު، މި ރަން މެދުވެރިކޮށް ލިބޭ ފަންޑް ރެއިސިންގެގެ ފައިސާ ބުލީ ކުރުން ހުއްޓުވުމުގެ މަސައްކަތަށް ހޭދަކުރަން ނިންމީ އެކަމަކީ މިއަދު މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ އަޅާލުމާއި ހޭލުންތެރިކަން ބޭނުންވާ އެއް މައްސަލައަށް ވީތީ ކަަމަށް ވެސް އެފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު