Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ރައީސް ޔާމީން ސަރުކާރުން ވައްކަން ކޮށްފައިވާ މިންވަރަށް ދުވަހަކު ވެސް މި ރާއްޖޭގައި ދައުލަތުން ވައްކަން ކޮށްފައެއް ނުވޭ: ރައީސް ނަޝީދު

1 އެޕްރީލު 2019 | ހޯމަ 09:52

ވައްކަމުގައި ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ބައިވެރިވި

އަމްނާ އިމާދު
އަމްނާ އިމާދު | 1 އެޕްރީލު 2019 | ހޯމަ 09:52
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ދިވެހިދައުލަތުގެ ހަޒާނާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވައްކަން ކޮށްފައިވާ މިންވަރަށް ދުވަހަކު ވެސް މި ރާއްޖޭގައި ދައުލަތުން ވައްކަން ކޮށްފައިނުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު އަބްދުﷲގެ ކެމްޕޭނަށް ހއ. އަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މުރާދޫއަށް ވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުން ނޫން ކަމެއް ކުރީގެ ސަރުކާރުން ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށްގެން ކޮށްފައިވާ ވައްކަންތަކުގެ ތެރެއިން ފެންނަން އޮތީ އެމްއެމްޕީއާރްސީގެ ވައްކަން އެކަނި ކަމަށެވެ.

''އެހެން ނަމަވެސް ކުންފުނި އެކަންޏެއް ނޫން. ފެނަކަ ކުންފުނި ވެސް ފޯޓްސް އޮތޯރީ ލިމިޓެޑް ވެސް އަދި އެހެން ވެސް ދެން ސަރުކާރުގެ ހުރިހާ ކުންފުންޏަކުން. ހިންގަމުން ގެންދާ ޖަރީމާ. އަދި ސަރުކާރުގެ ކޮންޓްރެކްޓަރުތައް ދެމުން ގެންދިޔައީ ރައްޔިތުންގެ މަޖިލިސް މެންބަރުންނާ ގުޅުން ހުރި ކުންފުނިތަކަށް،'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިފާއިތުވެ ދިޔަ ފަސް އަހަރު ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ އެ މަސައްކަތްތައް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ގާބިލްކަމެއް ހުނަރެއް ލިބިފައިވާ ކުންފުނިތަކެއް ނޫން ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މަޝްރޫއުތަކުގެ މަސައްކަތްތައް ފެށި ނަމަވެސް ކުރިއަށް ނުގެންދެވޭ ކަމަށާއި، ރައްޔިތުން ވެވޭ ބޭއިންސާފެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީން އެކަނި ވަގަށް ނެގި 1.4 ބިލިއަން ރުފިޔާއަކީ ވެސް ރަށެއް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުތައް ހަތަރު ފަހަރަށް ހިންގޭހާ ފައިސާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުދޭއިރު ރައްޔިތުން މިހުރިހާ ކަންކަމަށް ވިސްނަން ޖެހޭ ކަމަށާއި، ހއ. ބާރަށު ދާއިރާގެ ގޮނޑިއަށް އަހުމަދު އަބްދުﷲ އަކީ ހޮވަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަހުމަދު އަބްދުﷲއަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ ބޭނުންތަކަށް ވަކާލާތުގެ ކުރާނެ ބޭފުޅެއް ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް