Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލީސް އިންތިޚާބުގައި ޕްރިންޓްކުރީ 2،67159 ކަރުދާސް

31 މާރިޗު 2019 | އާދީއްތަ 08:10

ވޯޓު ކަރުދާސް ޕްރިންޓް ކުރިއިރު 24 ގަޑިއިރު ވަންދެން ކެމެރާކޮށް ރެކޯޑް ކުރި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 މާރިޗު 2019 | އާދީއްތަ 08:10
އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމިޝަންގެ މެމްބަރުން

އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމިޝަންގެ މެމްބަރުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރިންޓް ކޮށްފައި ވަނީ 2،67159 (ދެލައްކަ ފަސްދޮޅަސް ހަތްހާސް އެއްސަތޭކަ ފަންސާސް ނުވަ) ކަރުދާސް ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްފައި ވަނީ ނެވޮލްޓީ ޕްރިންޓާސްއިންނެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުކަރުދާސް ޕްރިންޓް ކުރުމަށް 2.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓްކުރީ އެމް7 އިންނެވެ.

Advertisement - newsAdvertisement

ނިމިދިޔަ ރިޔާސީ އިންތިޚާބާ ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރަނީ ކަޅާއި ހުދުންނެވެ. އަދި ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ތިން ފީޗާއެއް ހިމެނިފައިވީ ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ހިމަނަނީ ސެކިއުރުޓީ ދެ ފީޗާއެވެ.

ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ސުޕްރީމް ކޯޓަށް ހުށައެޅުނު މައްސަލަތަކަށް ސަމާލުކަން ދީފައި ހުންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ވޯޓު ކަރުދާސް ޕްރިންޓް ކުރިއިރު 24 ގަޑިއިރު ވަންދެން ކެމެރާ ކުރެވި ރެކޯޑް ކުރެވޭ ގޮތް ހަދާފައި ހުންނާނެ ކަމަށާއި ވޯޓު ކަރުދާސް ޕްރިންޓް ކުރިމުގައި އީސީގެ ސްޓާފުންނާއި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"އޭގެ އެއްކަމަކީ ވޯޓު ކަރުދާސް ޕްރިންޓް ކުރުމާއި އެކަންކަން ކުރިން ވެސް އަޅުގަނޑުމެންގެ ސްޓާފުންނާއި ފުލުހުންގެ ހާޒިރުގައި އެކަން ކުރިއަށް ދާނީ. އެހެން ނަމަވެސް އަބަދު 24 ގަޑިއިރު ރެކޯޑް ކުރެވޭ ގޮތަށް އަޅުގަނޑުމެން ހުންނާނީ އަޅުގަނޑުމެންގެ އަތުގައި ސީޑި އެވެއިލަބަލް ވާނެ. އޭގައި ހުރިހާ ހަރަކާތްތަކެއް ފެންނަން ހުންނާނެ،" ޝަރީފު ވިދާޅުވިއެވެ.

އީސީ އިން ބުނީ މި ފަހަރުގެ އިންތިޚާބުގެ ވޯޓު ކަރުދާހުގެ ފަހަތުގައި އެ ކަމިޝަންގެ ތައްގަނޑު ޖަހާފައި ހުންނާނެ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. މިފަހަރުގެ އިންތިޚާބުގައި 501 ވޯޓު ފޮށި ބަހައްޓާއިރު 87 ދާއިރާއަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ.

އެ ކަމިޝަނުން ބުނީ މަޖިލިސް އިންތިޚާބަށް ރީރަޖިސްޓްރީ ކޮށްފައި ވަނީ 19،596 (ނަވާރަހާސް ފަސްސަތޭކަ ނުވަދިހަ ހަ) މީހުން ކަމަށެވެ. މިފަހަރުގެ އިންތިޚާބަށް ރަޖިސްޓްރީ ކުރަންޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
05 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

05 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް
26 މާރިޗު 2017

މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

26 މާރިޗު 2017
މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް