Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

ތިންވަނަ ފަހަރަށް ހުށައެޅުމުން ވެސް މޭގެ ބްރެކްސިޓް އެއްބަސްވުން ފާހެއް ނުވި

30 މާރިޗު 2019 | ހޮނިހިރު 05:21

މޭގެ އެއްބަސްވުން ފާސްނުވީ 58 ވޯޓުގެ ތަފާތުން

އަމަން ހަލީމް
އަމަން ހަލީމް | 30 މާރިޗު 2019 | ހޮނިހިރު 05:21
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ

ޔޫރަޕުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް އެ ގައުމުގެ ޕާލިމަންޓަށް ހުށައެޅުމުން، ބޮޑުވަޒީރު ތެރޭސާ މޭގެ އެއްބަސްވުމަށް ތިންވަނަ ފަހަރަށް ވެސް ނޫނެކޭ ބުނެފިއެވެ.

ހުކުރު ދުވަހު ޕާލިމަންޓުގައި ނެގި ވޯޓަށް 344 މެމްބަރުން ނޫނެކޭ ބުނެފައިވާ އިރު، އެއްބަސްވުމަށް ތާއީދުކޮށްފައި ވަނީ 286 މެމްބަރުންނެވެ. މޭ ހުށައެޅުއްވި އެއްބަސްވުމަށް ނޫނެކޭ ބުނެފައިވަނީ، އެއްބަސްވުން ފާސްކޮށްދީފިނަމަ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މޭ ވިދާޅުވެފައި ވަނިކޮށެވެ.

ނާކާމިޔާބީއާ އެކު އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން އެއްބަސްވުމަކާއި ވަކިވުން ފަސްކުރުމަށް އިނގިރޭސިވިލާތަށް ދީފައި އޮތް މޭ 22ގެ ސުންގަޑި ދެނެއް ނުލިބޭނެއެވެ. މޭ ވިދާޅުވީ އިނގިރޭސިވިލާތުން ކުރިޔަށް ދާން މިހާރު އެހެން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ޔޫރަޕުގެ އިއްތިހާދުގެ އިންތިހާބު ބާއްވަން މަޖުބޫރުވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެއްބަސްވުން ފާސްނުވުމާއި ގުޅިގެން އޭޕްރީލް 12 ގެ ނިޔަލަށް އިއްތިހާދުން ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކުރަން އިއްތިހާދުގައި އެދުމަށް މޭއަށް މަޖުބޫރުވާނެއެވެ.

އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯރބިން ވަނީ މޭ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އާއްމު އިންތިހާބަކަށް ދާން ޖެހިއްޖެ ކަމަށް ވެސް ގޮވާލައްވާފައެވެ. އަދި އެކަމަނާގެ އެއްބަސްވުމާ ދެކޮޅަށް، އަމިއްލަފުޅު ކޮންޒަރވެޓިވް ޕާޓީން ވަކާލާތު ކުރައްވާ ސްޓީވް ބޭކަރ ވެސް ވަނީ މޭ އިސްތިއުފާ ދެއްވަން ޖެހިއްޖެ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ޕާލިމަންޓުގެ ނިންމުމާއެކު، އޭޕްރީލް 10 ގައި ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވަނީ ވިދާޅުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައި ވަނީ އުތުރު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައިވުން ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

މިޔަންމާގެ ލީޑަރު ފުރަތަމަ ފަހަރަށް ރަކައިން ސްޓޭޓަށް ވަޑައިގެންފި

02 ނޮވެމްބަރު 2017
މިޔަންމާގެ ލީޑަރު ފުރަތަމަ ފަހަރަށް ރަކައިން ސްޓޭޓަށް ވަޑައިގެންފި
10 އޮކްޓޯބަރު 2017

ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ

10 އޮކްޓޯބަރު 2017
ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
09 ސެޕްޓެމްބަރު 2017

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

09 ސެޕްޓެމްބަރު 2017
ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި
05 ސެޕްޓެމްބަރު 2017

އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި

05 ސެޕްޓެމްބަރު 2017
އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި
10 އޯގަސްޓު 2017

އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ

10 އޯގަސްޓު 2017
އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ
07 ޖުލައި 2017

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

07 ޖުލައި 2017
ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ
23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް