Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

މުޣުނީއާއި ގުޅޭ ގޮތުން ކެމްޕޭން ޓީމްއިން އިތުރު އެއްޗެއް ނުދަންނަވާނެ : އަފްޝަން

28 މާރިޗު 2019 | ބުރާސްފަތި 11:44

ރައީސް ނަޝީދުވަނީ މުޣުނީއަށް ތާއީދު ކުރައްވާ ތިނަދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 28 މާރިޗު 2019 | ބުރާސްފަތި 11:44
މުޣުނީ ކަރުގައި ރައީސް ނަޝީދު ސޭޝް އަޅުއްވައިދެއްވަނީ

މުޣުނީ ކަރުގައި ރައީސް ނަޝީދު ސޭޝް އަޅުއްވައިދެއްވަނީ

ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެ، އެމްޑީޕީން ތާއިދު އަނބުރާ ގެންދިޔަ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޣުނީގެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ކެމްޕޭން ޓީމްއިން އިތުރު އެއްޗެއް ނުދަންނަވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތިނަދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި މުޣުނީއަށް ތާއީދްކުރައްވާ ވާހަކަފުޅު ދައްކަވާފައިވާތީ، މުޣުނީއާ ދޭތޭރޭ ދެކޭ ގޮތް އެމްޑީޕީން މިހާރު ބަދަލުވީތޯ، ރާއްޖެ އެމްވީން ސުވާލުކުރުމުން އަފްޝަން ވިދާޅުވީ، ކެމްޕޭން ޓީމުން މި ކަމާއި ގުޅޭ ގޮތުން ދަންނަވާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ނިންމުމަކީ ކުރިންވެސް ކެމްޕޭން ޓީމުން އެކަމާއި ދޭތެރޭ އިތުރަށް އެއްވެސް އެއްޗެއް ނުދެންނަވާނެ ކަމާއި، ކުރިންވެސް ދަންނަވާފައިވާ އެއްޗަކީ އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައިވާ އެއްޗެއް ކަމެއް .ޕާޓީން އެކަމާއި ދޭތެރޭ އިތުރަށް އެއްޗެއް ނުދެންނެވުން" އަފްޝަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދް ހޯދުމަށް އެ ޕާޓީން ކުރަމުންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު، އެމްޑީޕީގެ ޓީމް ތިނަދޫއަށް ވަޑައިގަތުމުން މުޣުނީ އާއި އޭނާގެ ސަޕޯޓަރުންވަނީ، ރައީސް ނަޝީދާއި ޓީމަށް މަރްހަބާ ދެންނެވުމަށް ބަނދަރު މައްޗަށް ވަޑައިގެން ނަމޫނާ ދައްކަވާފައެވެ. އަދި ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ މުޣުނީއަށް ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވާފައެވެ.

ނަޝީދު ވިދާޅުވީ "މިވެނި އެވެނި ކެންޑިޑޭޓަކީ" އެމަނިކުފާނު ތާއިދު ކުރައްވާ ކެންޑިޑޭޓެއްތޯ މީހުން ސުވާލު ކުރަމުންދާ ކަމަށެވެ. އެ ސުވާލަށް ދެއްވަން އޮތް ޖަވާބަކީ އާންމު މެމްބަރުން ނިންމަވައި، ހޮއްވަވާފައިވާ ކެންޑިޑޭޓަކީ އެމަނިކުފާނުގެ ކެންޑިޑޭޓް ކަމަށާއި އެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑާޝިޕްގައި ތިއްބަވާ އެހެން ބޭފުޅުންގެ ވެސް ކެންޑިޑޭޓް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އާންމު މެމްބަރުން ވޯޓު ދެއްވައިގެން ހުވަދޫއިން ހޮއްވެވި އަށް ކެންޑިޑޭޓުންނަކީ ރަދުންގެ ކެންޑިޑޭޓުން ނޫން ކަމަށާއި އެއީ ހުވަދޫ ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ވޯޓާރސް ލިސްޓްގައި ސޮއިކޮށްފައިނުވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަފްޝަން ވިދާޅުވީ، ހުރިހާ ކެންޑިޑޭޓުން ވޯޓާރސް ލިސްޓްގައި ސޮއިކުރަން ޕާޓީން ބާރުއަޅާފައިވާނެ ކަމަށެވެ. ނަމަވެސް ވޯޓާރސް ލިސްޓްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ސޮއިކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ވޯޓާރސް ލިސްޓާ ގުޅޭ ގޮތުން ހުށަހެޅިފައި ވަނީ ކިތައް ޝަކުވާކަން އެގިވަޑައިގަންނަވާނީ، ކޮމްޕްލެއިންސް ޓީމުން އެކަން އޮޅުންފިލުއްވުމަށް ފަހުގައި ކަމަށް އަފްޝަން ވިދާޅުވިއެވެ.

"މައްސަލަތައް ހުރި ކަމަށް ބުނެ ސޮއިނުކޮށް ވަނީ.ކޮމްޕްލެއިންސް ޓީމާއި ސުވާލުކޮށްފައި އިނގޭނީ އެއްޗެއް ބުނަން" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނާ ގުޅޭ މުހިންމު ދެ ހަރަކާތެއް ކުރިއަށް އެބައޮތް ކަމަށާއި، އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެޖެންޑާ 19 ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ބޮޑު ޖަލްސާ ހެންވޭރު އަޑި ޕާކުގައި ހަތަރެއް އޭޕްރީލްގައި އޮންނާނެ ކަމަށެވެ. އަދި ކެމްޕޭން ނިންމުމުގެ ހިނގާލުން ފަހެއް އޭޕްރީލްގައި ޕާޓީގެ ހަރުގެއިން ފެށޭނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. މި ދެ އިވެންޓްގައި ވެސް ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް