Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ. ތިނަދޫ

ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ، އެހެން ބަޔަކު ހޮވުމުގެ ނަތީޖާ ހިތި: ޝިފާޒު

27 މާރިޗު 2019 | ބުދަ 21:15

ސަރުކާރު ދިފާއު ކުރާނީ ވެސް އެމްޑީޕީން

އަމްނާ އިމާދު
އަމްނާ އިމާދު | 27 މާރިޗު 2019 | ބުދަ 21:15
މިނިސްޓަރު މުހައްމަދު ޝިފާޒު

މިނިސްޓަރު މުހައްމަދު ޝިފާޒު

އެމްޑީޕީ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ، 2009 ވަނަ އަހަރު އެހެން ބަޔަކު އިންތިހާބު ކުރުމުގެ ނަތީޖާ ހިތި ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ހުވަދޫއިން މަޖިލީހަށް ވާދަ ކުރައްވާ އެމްޑީޕީގެ އަށް ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިފާޒު ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންނާއި ސަޕޯޓަރުންނަށް އެޖެންޑާ19 ކަމުދާ ކަމަށާއި ނަމަވެސް އެހެން ބައެއްގެ ބަހަށް އިތުބާރުކޮށް ވޯޓު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ 2009 ވަނަ އަހަރު މަޖިލީހަށް ބަޔަކު އިންތިޚާބު ކުރުމުގެ ނަތީޖާ ހިތި ކަމަށާއި މާޒީ އިޔާދަކުރަން ބޭނުން ނުވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ޝިފާޒު ވިދާޅުވީ ސަރުކާރާ ގުޅިގެން ސަރުކާރު ހިފަހައްޓައި، ސަރުކާރު ނަގަހައްޓާ ރައްޔިތުންނަށް ޚިދުމަތެއް ދޭން ތިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށާއި ސަރުކާރު ދިފާއު ކުރާނީ ވެސް އެމްޑީޕީން ކަމަށެވެ.

''ރާއްޖެއަށް ހަމަޖެހުން ބޭނުންވެއްޖެ. އަޅުގަނޑުމެން ރައްޔިތުން ވަރުބަލި ވެއްޖެ. އާއިލާއާއެކު ދިރިއުޅެން ބޭނުންވެއްޖެ. އަރާމްކަން މަތީގަ ދުވަސްތަކެއް ހަމަޖެހުމެއް މިރާއްޖެއަށް މިހާރު ލިބެން ވެއްޖެ. ވަކި ވަކި ބައެއް ޕާޓީތަކުގެ ވިސްނުން އިސްކޮށްގެން ކުރާ ކަންކަމާހެދި އަޅުގަނޑުމެންނަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑު.'' ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ވާދަވެރި މާހައުލުގައި އެއްވެސް މީހަކު މަގުސަދު ގެއްލުވާ ނުލައި އެމްޑީޕީގެ ތިލަފަތަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ޝިފާޒު ވިދާޅުވީ އެޖެންޑާ19 ކަރުދާހަކަށް ގެނައީ ވަރަށް ގިނަ މަސައްކަތް ކޮށްގެން ކަމަށާއި ސިޔާސަތު ތަންފީޒު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ސިޔާސަތު ނުވެސް ގެންގުޅޭ ކަމަށެވެ.

ޝިފާޒު ވިދާޅުވީ އެޖެންޑާ19 އިން ޒަމާންތަކަކަށް ސިޔާސީ ހަމަޖެހުން ގާއިމް ކުރެވިގެންދާނެ ކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ ހައްލު އެ ސިޔާސަތުން ލިބޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް