Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެކްސިޓް

ބްރެކްސިޓަށް ވޯޓު ދީފިނަމަ އިސްތިިއުފާ ދޭނަން: ތެރީސާ މޭ

މި ގޮތަށް އެދުނީ އެކަމަނާގެ އަމިއްލަ ޕާޓީގެ މެމްބަރުން އަރިހުން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 28 މާރިޗު 2019 | ބުރާސްފަތި 09:07
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ | ބީބީސީ

މިހާރު ހުށައަޅާފައި އޮތް ގޮތަށް ބްރެކްސިޓްގެ އެއްބަސްވުން ފާސްކޮށްދީފި ނަމަ، ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެ ޕާޓީގެ ޕާލިމަންޓުގެ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޭ ވިދާޅުވީ ބްރެކްސިޓާ ގުޅިގެން ޔޫރަޕުގެ އިއްތިހާދާއި އެކު ދެން އޮތް މަޝްވަރާ ބައްދަލުވުންތަކުގައި، އެކަމަނާ ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަން އެނގިލައްވާ ކަމަށެވެ.

މޭ މިހެން ވިދާޅުވި ކަމުގައިވާ ނަމަވެސް، ނޮދަރން އަޔަލެންޑްގެ ޑީޔޫޕީ ޕާޓީން ވަނީ މި ހާލަތުގައި ވެސް އެ އެއްބަސްވުމާ އެއްގޮތަށް ވޯޓު ދެއްވަން ދެކޮޅު ހައްދަވާފައެވެ. އެ ޕާޓީގެ ލީޑަރު އާރލެން ފޮސްޓަރ ވިދާޅުވީ "ބެކްސްޓޮޕް ކްލޯސް"ގައިވާ ކަންކަން އެއްބަސްވުމުގައި ނުހިމަނާހާ ހިނދަކު އެ ޕާޓީން ބްރެކްސިޓް އެއްބަސްވުމާ އެއްކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ. ބެކްސްޓޮޕްއަކީ ނޮދަރން އަޔަރެލެންޑާއި އަޔަލެންޑްގެ ބޯޑަރު އީޔޫއަށް ހުޅުވާލާފައި ބޭއްވުމަށް އެއްބަސްވުމުގައި ހިމަނާފައިވާ ބެޔެކެވެ.

މަގާމުން ދުރުވާނެ ވަކި ތާރީހެއް މިހާތަނަށް މޭ ކަނޑައަޅާފައި ނުވިއެއް ކަމަކު، އެއްބަސްވުން ފާސްކޮދީފި ނަމަ މޭ މަހުގެ 22ވަނަ ދުވަހުގައި ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބޮޑުވަޒީރުގެ މަގާމަށް އެހެން ބޭފުޅަކި އައްޔަނު ކުރެވެން ދެން އެ މަގާމުގައި ދެމި ހުންނަވާނެ ކަމަށް މޭ ވަނީ ވިދާޅުވެފައެވެ.

ބްރެކްސިޓްގެ މައްސަލަ ހޫނުވެފައިވާ އިރު އެ ގައުމުގެ ޕާލިމަންޓުގެ ރައީސް ވަނީ ފާހަގަކުރެވޭ ބަދަލުތަކާ އެކު ނައިސްފިނަމަ އެއްބަސްވުމުގެ ވޯޓަކަށް ތަޅުމުގައި ނޭހޭނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ވަނީ މި ފަހުން ބޭއްވި ބައްދަލުވުންތަކުގައި އެދެވޭ ވަރުގެ ކުރިއެރުމެއް ލިބި، އެކަށީގެންވާ ބަދަލުތަކާއި އެކު އަލުން ޕާލިމަންޓުގެ ތަޅުމުގައި ވޯޓަށް އެހޭނެ ކަމުގެ ޔަގީންކަން ޕާލިމަންޓަށް ދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެތަލީނާ މިނިވަންކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި ހަމަނުޖެހުން ހިނގާ 460 މީހުން ޒަޚަމް ވެއްޖެ

ކެތަލީނާ މިނިވަންކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި ހަމަނުޖެހުން ހިނގާ 460 މީހުން ޒަޚަމް ވެއްޖެ

01 އޮކްޓޯބަރު 2017
ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް

ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް

28 ސެޕްޓެމްބަރު 2017
ޓެކްސަސް އަށް ކުއްލި އެހީ ހޯދުމަށް ކޮޮންގްރެސްގައި އެދޭނަން: ވައިޓް ހައުސް

ޓެކްސަސް އަށް ކުއްލި އެހީ ހޯދުމަށް ކޮޮންގްރެސްގައި އެދޭނަން: ވައިޓް ހައުސް

01 ސެޕްޓެމްބަރު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

09 އޯގަސްޓު 2017
އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ

އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު