Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މަޖިލިސް އިންތިހާބަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

10 އޭޕްރީލް ގެ މެންދުރު 02:00 އާ ހަމައަށް ޝަކުވާ ބަލައިގަންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މާރިޗު 2019 | ބުދަ 17:56
އިލެކްޝަންސް ކޮމިޝަންގެ ބައެއް މަސައްކަތްތައް ކުރިއަށްގެންދަނީ

އިލެކްޝަންސް ކޮމިޝަންގެ ބައެއް މަސައްކަތްތައް ކުރިއަށްގެންދަނީ

ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ހުށައަޅާ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ބުދަ ދުވަހު އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހު އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް އަތޮޅު ތަކުގެ ނުވަތަ ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 10 އޭޕްރީލް ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަމަށް ހުށައަޅާ ފޯމު އަތޮޅު ނުވަތަ ސިޓީ ކޮމްޕްލެއިން ބިއުރޯތަކުންނާއި، ކައުންސިލްގެ އިދާރާ އަދި އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ. މިފަހަރުގެ އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން މަޖިލީހަށް އިންތިޚާބު ކުރާނެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު