Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑެއް އެކުލަވާލައްވާލައްވައިފި

26 މާރިޗު 2019 | އަންގާރަ 15:54

މި ބޯޑުގެ މަގުސަދަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2019 | އަންގާރަ 15:54
ހެލްތު މިނިސްޓަރު ރައީސް ސޯލިހުއާ އެކު

ހެލްތު މިނިސްޓަރު ރައީސް ސޯލިހުއާ އެކު

"ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑެއް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރެއިން، ސިއްހަތު ރަނގަޅު ނޫން ބާވަތްތަކާ މެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރު ކުރުމުގެ ވައުދާ ގުޅުވައިގެން އެކުލަވާލި މިބޯޑުގެ މަގުސަދަކީ ރާއްޖޭގެ އެއްމެހާ ފަރުދުންގެ ޢާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކިއެކި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް ބާރުއެޅުން ކަމަށެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން ބުނީ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދު ކުރުމަށް މިފަދަ ބަލިތަކުގެ ހިރާސްތަކަށް ހުށަހެޅޭ އާދަތައް މަދުކުރުމަށްޓަކައި ކުރަންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުމާއި ދުޅަހެޔޮ އާދަތަކަށް ޒުވާނުންނާއި އާންމު ރައްޔިތުން އަހުލުވެރިކުރުމަށް މީޑިއާ އާއި އެހެނިހެން ވަސީލަތަކުގެ ޒަރީއާ އިން ސިއްހީ މެސްޖްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލަފަޔާއި އިރުޝާދުދޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ބޯޑުގެ ބައްދަލުވުންތައް ފެށިގެން ޤަވާއިދުން ކުރިއަށް ގެންދެވޭއިރު ބޯޑުގެ ލަފައާ އެކު ރަގަޅު މަސައްކަތްތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އިން ކުރިޔަށް ގެންދަވާ ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ކުޅިވަރާއި ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައުލޫމާތުދީ 200 ސްޕޯރޓްސް ކައުންސިލަރުންނަށް ސެޝަންތަކެއް ކުރިޔަށް ގެންދެވިފައިވާ ކަމަށެވެ. އަދި ސްޕޯރޓްސް ކައުންސިލަރުންގެ ރޯލު އަދާކުރުމުގައި ގެންގުޅެން ޖެހޭނެ އުސޫލުތަކާއި ޝަރުތުތަކާއި ސިއްހީ ކަން ކަމަށް އަހުލުވެރި ބަޔަކަށް ވުމާ ބެހޭ ގޮތުން ވަނީ ތަމްރީނުކުރެވިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަހުގެ 8 ވަނަ ދުވަހު އައި-ރަނާޒްގެ ފަރާތުން ހިންގި އިންޓަރނޭޝަނަލް މެރަތަންއާ ގުޅިގެން ބޭއްވި ފިޓްނަސް އެކްސްޕޯ ފޯރަމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މި ފޯރަމްގައި ނަފްސާނީ ދުޅަހެޔޮކަމާށާއި، ސިއްހަތަށް ފައިދާހުރި ކާނާކެއުމުމުގެ މުހިއްމުކަމަށް ވަނީ އަލިއަޅުވާލާފައިވާ ކަމަށާއި، ދުންފަތުގެ ނުރައްކަލާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖެހޭ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އާއްމުންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ އާއްމު ސިއްހަތާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތަންފީޒީ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.

ސްކޫލް މާހައުލުގައި ޞިއްޙީ އާދަތައް އަށަގެންނެވުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް މަޝްވަރާކޮށް ލަފައިދެއްވާފައިވާ ކަމަށާއި، ސިއްހީ މައުލޫމާތުތައް މިހާރަށް ވުރެ އިތުރަށް މީޑިއާތަކުން ގެނެސްދިނުމަށް ބާރުއެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

27 މެއި 2017

އުރީދޫ ރަމަޟާން ޕްރޮމޯޝަންގައި އަގުބޮޑު އިނާމުތަކެއް!

27 މެއި 2017
އުރީދޫ ރަމަޟާން ޕްރޮމޯޝަންގައި އަގުބޮޑު އިނާމުތަކެއް!
27 މެއި 2017

ސޯޝަލް މީޑިޔާ އެޕްތައް ހިލޭ ބޭނުން ކުރެވޭނެ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި

27 މެއި 2017
ސޯޝަލް މީޑިޔާ އެޕްތައް ހިލޭ ބޭނުން ކުރެވޭނެ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި
09 އެޕްރީލު 2017

ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު

09 އެޕްރީލު 2017
ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
27 ޖެނުއަރީ 2017

ނަޝީ ކޭކުގެ ޕްރޮމޯޝަންގެ ނަސީބުވެރި ފާރާތްތައް ހޮވައިފި

27 ޖެނުއަރީ 2017
ނަޝީ ކޭކުގެ ޕްރޮމޯޝަންގެ ނަސީބުވެރި ފާރާތްތައް ހޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް