Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ގަވަނަންސް

އަޅުގަނޑުމެންގެ ސިޔާސަތަކީ ރަށް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލުން: ރައީސް ސޯލިހު

25 މާރިޗު 2019 | ހޯމަ 19:47

ޕޯޓަލްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހުރިހާ ރަށަކުންވެސް ހިފުމަށް ރައީސް ގޮވާލެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 މާރިޗު 2019 | ހޯމަ 19:47
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

ސަރުކާރުގެ ސިޔާސަތަކީ ރަށް ހިންގުމުގެ ޒިންމާ އާއި އެ ޒިންމާ އަދާކުރުމަށް ބޭނުންވާ ބާރުތަކާއި މާލީ ތަނަވަސްކަން ކައުންސިލްތަކަށް ދޫކޮށްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޚުވެއްޖެއެވެ.

ލޯކަލް ޓުއަރިޒަމަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަޢުލޫމާތު ހިމެނިގެންދާ ވެބްޕޯޓްލްއެއް ޤާއިމްކޮށް އެ ޕޯޓަލް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށްތަކުގެ ފުދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ކައުންސިލްތަކަށް ބާރުދީ، ރަށުގެ ކަންކަން ނިންމުގެ ފުރިހަމަ އިޚުތިޔާރާއި ވަޞީލަތްތައް ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement
"ހިންގުމާ އެކީގަ މާލީގޮތުން ފުދުންތެރި ކުރުމުގެ މަސައްކަތް ކުރުން އެއީ އަޅުގަނޑުމެންގެ އެއް ސިޔާސަތު. އެގޮތުން ރާއްޖޭގާ ލޯކަލް ޓުއަރިޒަމް ތަރައްޤީވެގެން އަންނައިރުގާ، އެކަން ޕްރޮމޯޓް ކުރުމަށްޓަކާ، ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ސިޔާސަތަކީ ރަށްރަށް ހިންގުން ކައުންސިލްތަކާ ހަވާލުކުރުން. ބާރުތައް ދޫކޮށްލުން. އެގޮތުން އެރަށުގައި ހިންގާ ވިޔަފާރިތަކާ، އަދި އެނޫންވެސް ވަސީލަތްތައް، ޚިދުމަތްތައް ދިނުމުގެ ބާރު، ފުރުޞަތު ކައުންސިލްތަކަށް ދޫކޮށްލުން. އެގޮތުން މިރޭ މި ހުޅުވުނު ޕޯޓަލް، އައިލެންޑްސް.އެމްވީ، މެދުވެރިކޮށް އެ ރަށަކާބެހޭ މަޢުލޫމާތު ޕްރޮމޯޓްކޮށް، މަޢުލޫމާތުތައް ހިއްސާކުރުމުގެ ބާރު އަޅުގަނޑުމެން މި ދޫކޮށްލަނީ ކައުންސިލްތަކަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ހޯމަ ދުވަހުގެރޭ އިފްތިތާހު ކުރެވުނު ޕޯޓަލްއަކީ ހަމައެކަނި ފަތުރުވެރިންނަށް ޚާއްސަ ޕޯޓަލްއެއް ނޫން ކަމަށާއި، މިއީ ދޭދޭ ރަށްރަށުގެ ރައްޔިތުންގެ މެދުގައިވެސް އެކި ރަށްތަކާއި ގުޅޭ މަޢުލޫމާތު އިތުރުކޮށް، އެއްރަށުގެ ރައްޔިތުން އަނެއް ރަށަށް ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ޕޯޓަލްއެއް ކަމަށެވެ. އެގޮތުން މި ޕޯޓަލްއިން ރަށްތަކާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިއުމަކީ ދިވެހިރާއްޖެއާއި ގުޅޭގޮތުން ދިވެހިންގެ މަޢުލޫމާތު މުއްސަނދިވެގެން ދާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ޕޯޓަލްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހުރިހާ ރަށަކުންވެސް ހިފުމަށް ރައީސް ވަނީ ކައުންސިލްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

އައިލެންޑްސް.އެމްވީ، ވެބް ޕޯޓަލަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާއި ގުޅުވައި، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީން ފަރުމާކުރި ވެބް ޕޯޓަލެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަދުގައިވާގޮތުން ރަށުގެ ފަތުރުވެރިކަމާއިބެހޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެން ހުންނަ ހުރިހާ ހިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބެލެހެއްޓުމާއި، ރަށް މާކެޓްކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާ (ރަށު ފްރަންޓް އޮފީސް) ކަމުގައި ކަނޑައެޅޭނެއެވެ. ސަރުކާރުގެ އެ ވައުދާއި ގުޅުވައި، އެ މަސައްކަތް ހަވާލުކުރީ، އަލަށް އުފެއްދި މިނިސްޓްރީ ކަމަށްވާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ އާއެވެ.

އެ މިނިސްޓްރީން ބުނީ، މީގެކުރިން ރާއްޖެ ޕްރޮމޯޓްކުރަމުން އައި ތިމާވެށީގެ މުއްސަނދިކަން ލިބިފައިވާ، ޤައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އަލަށް ތައާރަފްކުރެވުނު ޕޯޓަލް، އަދި ވެބްސައިޓްތަކާއެކު ރަށްރަށް ޕްރޮމޯޓްވެގެންދާނެ ކަމަށާއި، ރަށުގައި ހުރި ހާއްސަ ކަންކަމާއި، ވަސީލަތްތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް