Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ19

އެޖެންޑާ19 އަކީ ރައްޔިތުން ކައިރީ އެހުމަށް ފަހު އެކުލަވާލި ވައުދުތަކެއް: ރައީސް ނަޝީދު

25 މާރިޗު 2019 | ހޯމަ 08:21

ވައުދުތަކަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 މާރިޗު 2019 | ހޯމަ 08:21
ކުރީގެ ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެކުލަވާލި އެޖެންޑާ19 އަކީ ރައްޔިތުން ކައިރިން އެހުމަށް ފަހު ރައްޔިތުން ބޭނުންވާ ވައުދުތައް ކަމަށް ވެސް ނަޝީދު ވިދާޅުވެއްޖެއެވެ.

އިސްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އައްބާސް ސުލައިމާންގެ ކެންޕެއިނަށް އެރަށަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ19 އަކީ ރާއްޖޭގެ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް އެމްޑީޕީ އިން ހުށައަޅާ ތިންވަނަ މެނިފެސްޓޯ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒަކީ ބޯހިޔާވަހިކަން ކަމަށާއި އެޕާޓީ އިން ދެކެނީ ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު އެންމެ މުހިއްމު ކަމަކީ ބޯހިޔާވަކަން ކަމަށާއި ގޯއްޗެއް އޮތުމަކުން ނުފުދޭ ކަމަށެވެ. ގެދޮރު އިމާރާތް ކުރުމަށް އެތައް އަހަރެއް ވެގެން ދާއިރު އެކަމަށް ހައްލު ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި ގެދޮރުވެރިކަން ނެތި ގާތްގަނޑަކަށް 45،000 މީހުން ތިބިއިރު ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދައިދިނުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެހީތެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އިންތިޚާބަށް ކުރިމަތިލަނީ ވައުދުތަކާ އެކުގައި ކަމަށާއި އެވައުދުތައް ފުއްދުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް ތަކުރާރު ކުރެއްވިއެވެ. އަދި އަޣުލަބިއްޔަތު ނެތުމުން ކަންތައްތައް ވެގެންދިޔަ ގޮތް މާޒީން ފެނިގެންދިޔަ ކަމަށާއި އަލުން އެގޮތަށް ވުމަށް ނޭދޭ ކަމަށް ވިދާޅުވިއެވެ.

"މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވަނީ އަޅުގަނޑުމެން ތިބޭފުޅުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް. އަޣުލަބިއްޔަތު ސަރުކާރަށް ނެތުނީމާ ނިކަމެތިވަނީ. އަގުލަބިއްޔަތު ނެތީމާ މުސްތަގިއްލު މުއައްސަސާތަކާއި ފަނޑިޔާރުގޭގެ އިތުބާރު ގެއްލެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް ކަމަށާއި އެ ވައުދުތަކަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް