Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގްލޯބަލް މަނީވީކް 2019

ގްލޯބަލް މަނީވީކްގެ ހަރަކާތް މާދަމާ ފަށަނީ

24 މާރިޗު 2019 | އާދީއްތަ 14:24

މިހަރަކާތުގެ އަމާޒަކީ އިޤްތިސާދީ ހޭލުންތެރިކަން އިތުރުކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2019 | އާދީއްތަ 14:24
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު

ގްލޯބަލް މަނީވީކްގެ ހަރަކާތް ހޯމަ ދުވަހުގެ ހެނދުނު ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެ ހަރަކާތް މި އަހަރު ރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފެށުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތް ފަށާނީ ހޯމަ ދުވަހުގެ ހެނދުނު 07:20 ގައެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމުގެ ގޮތުން ގްލޯބަލް މަނީ ވީކަށް ޚާއްސަކޮށްފައިވާ ފޭސްބުކު ޕޭޖެއް އެމްއެމްއޭގެ ފަރާތުން ވަނީ ލޯންޗުކޮށްފައެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ މި ހަރަކާތުގެ އަމާޒަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިޤްތިސާދީ ހޭލުންތެރިކަން އިތުރުކުރުމާއި ފައިސާގެ މުހިންމުކަމާއި އިޤްތިސާދު ކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމުގައެވެ. ކުޑައިރުއްސުރެ ކުދިންނަށް ފައިސާގެ މުހިއްމު ކަމާއި އިގްތިސާދު ކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާދޭންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގްލޯބަލް މަނީވީކަކީ ޗިލްޑްރަން އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ބޮޑު ކެމްޕޭނެކެވެ.

މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަށް ކުރިއަށްދާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކުގައެވެ. މި އަހަރަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ސްކޫލްތަކާ ގުޅިގެން ހިންގާ އެކިއެކި ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ސްކިޓް ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން، ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ހަވީރަކުންނެވެ.

ގްލޯބަލް މަނީ ވީކްގެ ރާއްޖޭގެ ހަރަކާތްތައް "ގްލޯބަލް މަނީ ވީކް މޯލްޑިވްސް" ފޭސްބުކް ޕޭޖުން ފެންނާނެއެވެ. މި ޕޭޖްގައި ވަނީ 'ލައިކް ޝެއާ އެންޑް ވިން' ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000ރ ގެ ހަނދާނީ ނޫޓެއް ދިނުމަށް އެމްއެމްއޭ އިން ނިންމާފައެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
01 މެއި 2017

މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

01 މެއި 2017
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ
29 މާރިޗު 2017

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

29 މާރިޗު 2017
ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް