Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރުއްގަސް ނެގުން

ބޮޑެތި މަޝްރޫއުތަކަށް ރުއްގަސް ނަގަން ހުއްދަ ދެން: އީޕީއޭ

23 މާރިޗު 2019 | ހޮނިހިރު 18:09

ރުއްގަސް އެހެން ރަށްރަށަށް ގެންދަން ހުއްދަ ދެނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 23 މާރިޗު 2019 | ހޮނިހިރު 18:09
މަގުމަތީގައި ހުރި ގަސްތަކެއް ކަނޑަނީ

މަގުމަތީގައި ހުރި ގަސްތަކެއް ކަނޑަނީ

ބައެއް މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައިގެން ނޫނީ ނުހިންގޭނެ މަޝްރޫއުތައް ކަމުން އެފަދަ މަޝްރޫއުތަކަށް ނަގާ ރުއްގަސް އެހެން ރަށް ރަށަށް ގެންދިއުމުގެ ހުއްދަ ދެމުން އަންނަ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހޮނިހިރު ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފި އެވެ.

ގަވައިދާ އެއްގޮތަށް ރުއްގަސް އެހެން ރަށްރަށަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށާއި އެގޮތުން ލ. މާމެންދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއަކަށް އެ ރަށުން ރުއް ގަސް ނަގަން 2018 ވަނަ އަހަރު ހުއްދަ ދީފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ރުއްގަސް އެހެން ރަށްރަށަށް ގެންދަން ހުއްދަ ދެނީ ސިނާއީ ގޮތުން ދަނޑުވެރިކަން ކުރުމާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައި ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތް ކަމުން އެހާލަތުގައި ރުއްގަސް ނަގައިގެން ގެންގޮސް އެހެން ރަށެއްގައި އިންދުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ގޮތެއް ކަމަށް ވެސް އެ އެޖެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް ނަގަން ޖެހޭ ހުއްދަތައް ނުނަގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާ މެދު އެޖެންސީ އިން ތަފާތު ކުރުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވާއިރު ސިނާސީ ބޮޑެތި މަސައްކަތްތައް ކުރުމަށް ނަގާ ރުއްގަހުގެ އިތުރުން ހިއްކައިގެން އަލަށް ހަދާ ރިސޯޓްތައް ފެހި ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ނެގުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަންވެގެން އެކި ސަބަބުތައް ދައްކައިގެން ކަމަށް ވާއިރު 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމަ އެވެ.

އެގޮތުން ކުޑަކުދިންގެ ޕާކެއް، ކުނި ކޮއްޓެއް ނުވަތަ މަގުތައް ހެދުން ފަދަ ކަންކަމަށެވެ.

ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ރުއް އެއް ރަށަކުން ނެގުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކާ މެދު އުފެދޭ ކަންބޮޑުވުން ވެސް ބޮޑުކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް