Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަންމަންޓް މިނިސްޓްރީ

ރާއްޖޭގެ 60،000 މީހުންގެ އާބާދީއަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ: މިނިސްޓަރު ހުސެއިން

22 މާރިޗު 2019 | ހުކުރު 17:16

ގިނަ ރަށްރަށުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 މާރިޗު 2019 | ހުކުރު 17:16
އެންވަޔަރަންމަންޓް މިނިސްޓްރު ޑރ ހުސައިން ރަޝީދު ހަސަން

އެންވަޔަރަންމަންޓް މިނިސްޓްރު ޑރ ހުސައިން ރަޝީދު ހަސަން

މިއަހަރު ރާއްޖޭގެ 60،000 އެއްހާ އާބާދީއަކަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފެނުގެ ދުވަހާއި ގުޅިގެން އއ.މަތިވެރީގައި ބޭއްވި ހަފްލާގައި މިނިސްޓަރު ހުސެއިން ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ ފަދައިން ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުން ވެސް މަޙުރޫމްވެފައި ކަމަށާއި، މިސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރައްތަކެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަށުގެ އާބާދީއަށް ބެލުމެއްނެތި، އެއްއުސޫލަކުން، ފޯރުކޮށްދިނުމަށްކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ހުސެއިން ވިދާޅުވީ މިއަދާ ހަމަޔަށް ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ 50 އިންސައްތައަށް ސާފު ބޯފެނުގެ ޚިދުމަތް ދަނީ ފެނުގެ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފެން ފޯރުކޮށްދެވެމުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ 66 އިންސައްތައަށް އެކަށީގެންވާ ނަރުދަމާގެ ޚިދުމަތްދަނީ ނަރުދަމާ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ސާފުފެނާއި ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 2019 އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި 63 ރަށެއްގައި މުޅިން އަލަށް ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ވަނީ ހިމަނާފައިވާ ކަމަށާއި، 82 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ވަނީ ބަޖެޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން އަލަށް މިފެށޭ މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ 40،020 އާބާދީއަކަށް ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ 59،989 އާބާދީއަކަށް ސާފުފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

"ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ސާފު ފެނުގެ ގޮތުގައި ލިބެންހުންނަ ވަސީލަތްތަކުގެ ތެރެއިން ވާރޭ ފެން މިހާރު މިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކުރީގައި ދުރާލާ ތައްޔާރުވެގެން ވާރޭފެންނަގައި ރައްކާކުރުމަށްޓަކައި ބާރޯސާވެވޭ މިންވަރަށްވުރެއް ބޮޑަށް ބަދަލުވެފައި. އަދި ބިމުގެ ތުނި ނާޒުކު ފެންފަށަލަ މިވަނީ އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުންނާއި ރައްކާތެރިނޫން ނަރުދަމާގެ ބާވަތްތަކުގެ ސަބަބުން ތަގައްޔަރުވެ ބޭނުން ނުކުރެވޭ މިންވަރަށް ގޮސްފައި" މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ ސަރުކާރުން ސާފުފެން ފޯރުކޮށްދިނުމަށް ރައްރަށުގައި ގާއިމްކުރުމުންދާ ރައްކާތެރި ފެނުގެ ނިޒާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރާކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިފަދަ ނިޒާމެއް ގާއިމްކުރުމަށް ގާތްގަނޑަކަށް 25 އަދި 30 މިލިޔަނެއްހާ ފައިސާ ޚަރަދު ކުރާ ކަމަށެވެ. އަދި މިފެނަކީ ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިވާރސް އޮސްމޯސިސް މެދުވެރިކޮށް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލައިގެން ފެނުގެ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފޯރުކޮށްދެވޭ ފެންކަމަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުން އެފޯރުކޮށްދެވޭ ފެނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ފެންތޯ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ޓެސްޓްކޮށް ކަށަވަރުކޮށްދޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނަކީ ސިއްހަތަށް ރައްކާތެރި އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ސާފު ފެންކަމުގައި ކަށަވަރުކޮށްދިނުން ކަމަށެވެ.

''ރައްރަށުގައި ގާއިމްކުރެވޭ ފެނުގެ ނިޒާމްތައް ބޭނުންކުރަމުންދަނީ ސާފުކުރުމަށާއި، ކެއްކުމާއި ފެންވެރުމަށްޓަކައި. މިގޮތުން އަސާސީ ހައްގު ފުރިހަމަ ކުރުމަށްޓަކައި ސާފު ރައްކާތެރި ފެނަށް ނުޖެހި ބުއިމަށްޓަކައި ނިޒާމްގާއިމްކުރުމުގެ މައި މަގުސަދު ހާސިލެއްނުވޭ'' މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަށް އާބާދީގެ ބޮޑުބައެއް ބަރޯސާވެ، ޕްލާސްޓިކްގެ ފުޅީގެ ބާވަތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ މިންވަރު ދަނީ ދުވަހުން ދުވަހެއް އިތުރުވަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް