Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޔަރ އެޑިއުކޭޝަން

މަތީ ތައުލީމްގެ ލޯންތަކައް 242 ފުރުސަތު ހުޅުވާލައިފި

21 މާރިޗު 2019 | ބުރާސްފަތި 09:43

ރާއްޖޭން ބޭރުގައި މިހާރު މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ވެސް ލޯނަށް އެދުމުގެ ފުރުސަތު އެބަ އޮތް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 21 މާރިޗު 2019 | ބުރާސްފަތި 09:43
ބޭރުގެ ކޮލެޖް ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބޭއްވި ފެއާއެއްގެ ތެރެއިން

ބޭރުގެ ކޮލެޖް ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބޭއްވި ފެއާއެއްގެ ތެރެއިން

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމުގެ ގޮތުން ދޫކުރާ ލޯންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ބުރާސްފަތި ދުވަހު އިއުލާންކުރި ލޯން ސްކީމްގެ ދަށުން 242 ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، އެއީ 54 މިލިޔަން ރުފިޔާގެ ލޯން ސްކީމްގެ އެހީ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ބުރާސްފަތި ދުވަހު އިއުލާންކުރި ލޯން ސްކީމާއި، ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލި ލޯން ސްކީމާ ދެމެދު ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އިއުލާންކުރި ލޯން ފުރުސަތުގެ ތެރޭގައި އެ ދަރިވަރަކު މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމަށް ވަކި އަދަދެއްގެ ފުރުސަތު މި ފަހަރުގެ ލޯން ސްކީމްގެ ދަށުން ހުޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެއީ ރާއްޖޭގައި މި ވަގުތު މަތީ ތައުލީމް ހާސިލްކުރެވެން ނެތް ދާއިރާތައް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުރީގައި ވެއްޖިއްޔާ އަޅުގަނޑުމެން ފުރުސަތުދެނީ ހަމައެކަނި ފާހަގަކުރެވޭ ވަކި ދާއިރާތަކެއް ހިމެނޭ ދާއިރާތަކުން އެކަނި. ނަމަވެސް މި ވަގުތު ސަރުކާރުން ނިންމީ ބޭނުންވާ ހުރިހާ ދާއިރާތަކަކުން ވެސް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުމަށް،" މިނިސްޓަރ ވިދާޅުވިއެވެ.

މި ފަހަރު ހުޅުވާލި ލޯން ފުރުސަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މި ވަގުތު ރާއްޖެއަށް ބޭނުންތެރި ދާއިރާތައް ކަމަށް ފާހަގަކުރެވިފައިވާ ދާއިރާތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސައިކޮލިޖީ، އޮކިއުޕޭޝަނަލް ތެރަޕީ،ސްޕެޝަލް އެޑިޔުކޭޝަން، ސްޕީޗް ތެރަޕީ،ސްޕޯޓްސް މެނޭޖްމަންޓް، ރިނިއުބެލް ގްރީން އޭނާރޖީ، ކަލްޗަރ އެންޑް ހެރިޓޭޖް ދާއިރާ ހިމެނެއެވެ.

ކުރިއާ ޚިލާފަށް މިހާރު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފުރިހަމަކުރުމަށްޓަކައި މި ލޯން ސްކީމްއިން ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރޭގައި ރާއްޖޭގައި މިހާރު ހެދޭ ކޯސްތައް ހަދާ ދަރިވަރުން ކަމަށް ވިޔަސް އެ ފަރާތްތަކަށް ވެސް ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ފަހަރު ލޯނަށް އެދޭއިރު ކިޔެވުމުގެ 50 ޕަސެންޓް ފުރިހަމަވާކަށް ނުޖެހޭ. އަލަށް ކިޔަވަން ފައްޓާ ދަރިވަރަކަށް ވެސް އޭނާ އަށް ފާއިސާގެ ދަތިކަން ކުރިމަތިވެފައިވާ ނަމަ، މި ލޯން ސްކީމުން އަޅުގަނޑުމެން މާލީ އެހީތެރިކަން ފޯރުކޮށްދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ލޯނަށް އެދުމުގެ ފުރުސަތު ވަނީ އޮންލައިންކޮށް ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް