Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ދަތުރުފުޅު

ތަރައްގީ ބޭނުންނަމަ ރައްޔިތުން އިހްލާސްތެރިކަން ދައްކަންޖެހޭނެ: ރައީސް ޔާމީން

ދިވެހި ރައްޔިތުން ސަރުކާރަށް ތާއީދުކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 ސެޕްޓެމްބަރު 2017 | ބުދަ 08:41
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ދިވެހި ރައްޔިތުން އިހްލާސްތެރިވާން ޖެހޭނީ ވޯޓު ފޮށިތައް ކައިރީ ވޯޓުލާން ރަގަބީލު ޖެހީމަ ނޫން ކަަމަށާއި އިހްލާސްތެރިވާންޖެހޭނީ، ރަށަށް ބޭނުންވާ ތަރައްގީ ބޭނުންވެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަރައްގީއާ އެހެނިހެން މަންފާތައް ބޭނުންވާ ކަމުގައިވާ ނަމަ، އެކަންކަން ކުރަން ތިބި ބަޔަކަށް އިހްލާސްތެރިވާންޖެހޭނެ ކަމަށެވެ.

" މާދަމާވެސް ޒުވާނުންނަށް ކުރިމަތިވާނީ ކޮންކަންތައްތަކެއް ކަމެއް ނޭންގޭ. އެހެންވީމަ ކީއްކުރަންތޯ ހުރިހާ ރަހުމަތެއް ދޫކުރަންވީ. ކޮންމެ ރަށަަކަށް އަންނަ އިރު އަޅުގަނޑުމެންނަށް އިވެނީ އެރަކަށް ބޭނުންވާ ކަންކަމުގެ ލިސްޓު. އެލިސްޓު ދިގުވެގެންދަނީ ކުރީގައި އެކަންކަމަށް ފަރުވާ ދެވިފައިނެތީމަ. އަޅާލެވިފައިނެތީމަ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮންމެ ރައީސަކުވެސް މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށާއި، ގއ. ވިލިނގިއްޔަކީ މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ރަށެއް ކަމަށެވެ. ރައްޔިތުން ކަންކަމުގައި އެދެނީ މި ސަރުކާރަށްވެސް ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލު ކުރާތީ ކަމަށާއި އަދި އެގޮތަށް ކަންކަމުގައި ކިޔާ ކަމުގައިވާ ނަމަ އެކަން އުފަލާއެކު ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

ތަރައްގީ ބޭނުންވާ ކަމުގައިވާނަމަ، އެފުރުސަތު މި ސަރުކާރަށް ދޭންޖެހޭ ކަމަށާއި އަދި ރައްޔިތުންނާއި ސަރުކާރާއި އޮންނަ ގުޅުން ގާތްކޮށްދޭނެ މަގުވެސް ފަހިކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

" ވަރަށް ގިނަ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރޭ. އެހެން ނަމަވެސް ބައެއް ފަރާތްތަކުންނަށް ޕީޕީއެމްގެ މެންބަރަކާ އެކު މަސައްކަތް ކުރުމުގެ ނަސީބެއް ނެތް." ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސްވަނީ ވޯޓުން ޕީޕީއެމްއަށް ކުރާ ތާއީދު ދައްކައި ދިނުމަށް ގޮވާލައްވާފަ އެވެ. ރައީސް ވިދާޅުވީ، ސިޔާސީ ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ ގާބިލްކަން އެމަނިކުފާނުގެ އެބަ ހުރި ކަމަށާާއި އެހެންނަމަވެސް އޭގެ މާނައަކީ ކަފުން ކުރަންދެން މަޑުން ހުންނެވުން ނޫން ކަމަށެވެ.

އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

" 2018 ބައްދަލު ކުރާ އިރު ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ވޯޓުލާ އިރު އަޅުގަނޑު ބޭނުންވަނީ އިސްލާމީ ރިވެތި އުސޫލުތަކުގައި ގައުމު ބާއްވަން. އަދި މިއޫސުލުތަކުގައި އަބަދު ހިފާނެ ވެރިޔަކު އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެންދިޔަ އާދަކާދަތަކާއި އިސްލާމީ ރީތި އުސޫލުތައް ދާއިމީ ނިއުމަތެއްގައި ތިބުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީސް މެންބަރުންނަކީ އެޕާޓީއަށް ނިސްބަތްވާ މެންބަރުންނަށް ވާންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ބައި އިލެކްޝަނުގައި ވެސް ވިލިނގިލި އިން ޕީޕީއެމް މެންބަރަކު ހުރުން ވަރަށް މުހިއްމު ކަމަށާއި އޭރު ބޭނުންވާ ތަރައްގީތައް ގެނެސްދިނުމަށް ފަސޭހަ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު