Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕާލިމެންޓްރީ ގުރޫޕް

މަޖިލީހުން މިހާރު ނިންމާ ނިންމުންތަކަކީ ސަރުކާރަށް ބިރުދެއްކުމަށް ނިންމާ ނިންމުންތަކެއް: އަސްލަމް

18 މާރިޗު 2019 | ހޯމަ 10:22

ޖުމްހޫރީ ޕާޓީން، ސާފު ނިންމުމެއް ނިންމަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 މާރިޗު 2019 | ހޯމަ 10:22
ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ

މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިިން ކުރާ ކަންތައްތަކަކީ ސަރުކާރަށް ބިރުދައްކައި، ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން ކުރާ ކަންތައްތަކެއް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީސް އިދާރާ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގައި މުހިންމު ގިނަ މަސައްކަތްތަކެއް ނުނިމި އެބަ ހުރިކަމަށެވެ. އެގޮތުން ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި، ޤާނޫނީ ހިދުމަތުގެ ބިލްގެ މަސައްކަތް ނުނިމި، މަޖިލީހުގައި ތާށިކުރުވާފައިވާކަން އަސްލަމް ފާހަގަކުރެއްވިި އެވެ. ނަމަވެސް އެ މަސައްކަތްތައް ނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބަދަލުތައް ގެންނާތީވެ އަސްލަމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަނީ ދަތިކުރުމަށް ކަމަށާއި، ސަރުކާރު ހިންގުމަށް ހުރަސްތައް އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން ގަވައިދަށް ގެނައުމަށް މަސައްކަތްކުރާ ބަދަލާއި، މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާއަށް ގެނައި ބަދަލު އަސްލަމް ފާހަގަކުރެއްވި އެވެ. އޭގެތެރެއިން މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާއަށް ގެނައި އިސްލާހްގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ ލިބޭގޮތަކަށް ދައުލަތުގެ ކޮންމެ ހަރަދެއް ވެސް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ޤާނޫނު އަސާސީން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުދީފައިވާއިރު، ސަރުކާރެއްގެ އެންމެ މުހިންމު އެއް މަޤްސަދު ހަރުދަނާ ފިޒްކަލް ޕޮލިސީއެއް ޤާއިމްކުރުމަކީ. އެގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއި ފުށުއަރާގޮތަށް މަޖިލީހުން ކަންކަން ބަދަލުވާގޮތަށް. މަޖިލީހުން ހަރަދުތައް ބަދަލުވާގޮތަށް އޮތުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް"

އަސްލަމް ވިދާޅުވީ ކަނޑައެޅިގެން ސަރުކާރަށް ދަތިކުރުމަށް، ސަރުކާރު ޕްރެޝަރަށް ގެނައުމަށް، ސަރުކާރަށް ބިރުދެއްކުމަށް ރާވައިގެން ބައެއްކަންކަން ކުރަމުންގެންދާ ކަމަށެވެ. އަދި ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕެއްގައި މަސައްކަތްކުރާއިރު، މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނުލިބޭކަމަށް އަސްލަމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުންތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕް މިހާރަށް ވުރެ ހަރުދަނާވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީން ސާފު ސްޓޭންޑެއް ނަންގަވަން ޖެހޭކަމަށާއި، ސާފު ސްޓޭންޑެއް ނެގިފައި އޮންނަތަން ނުފެންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށްޓަކައި 2008 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި ކަމަކީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށްގެންދެވުން. އަދި އޭގެ އިތުރަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ބަދަލު ގެންނަވާ، ސަރުކާރަށް ދަތިކުރަން ފެއްޓެވި. ހަމައެހެންމެ ބައެއް ޤާނޫނުތަކުގެ ތެރެއިން، ދައުލަތުގެ ހަރަދު ބޮޑުކޮށް ދައުލަތަށް ނުކަތާ ވަރުގެ ހަރަދުތަކެއް ކުރިމަތިކުރުވި" އަސްލަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް