Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް އިން ތިން ސްޓާޓް-އަޕް އަކަށް އިތުރު އިންވެސްޓްމަންޓް ފޯރުކޮށްދެނީ

18 މާރިޗު 2019 | ހޯމަ 04:38

ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ އަމާޒަކީ ޒުވާން ވިޔަފާރިވެރިންގެ ހުނަރުތައް ބިނާކުރުމާއި އެކު، ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 މާރިޗު 2019 | ހޯމަ 04:38
އޫރީދު ނިރު އެކްސްކަލަރޭޓަރ ޕްރޮގްރާމްގެ ތެރެއިން

އޫރީދު ނިރު އެކްސްކަލަރޭޓަރ ޕްރޮގްރާމްގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން ތިން ސްޓާޓް-އަޕް އަކަށް އިތުރު އިންވެސްޓްމަންޓް ފޯރުކޮށްދޭން ނިންމައިފިއެވެ.

ނިރު އެކްސެލެރޭޓަރގެ ފުރަތަމަ ޑެމޯ ޑޭގެ ތެރެއިން، 16 ހަފްތާގެ އެކްސެލެރޭޓަރ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ތިން ސްޓާޓް-އަޕް ކުންފުނިތަކުން ވަނީ އެ ކުންފުނީގެ ޚިދުމަތްތައް ދައްކާލާފައެވެ.

އުރީދޫ އިން އިންވެސްޓްމަންޓްތައް ފޯރުކޮށްދޭން ނިންމާފައިވަނީ އައިޑިއަނައިޒް، ކުނބު އަދީ ބީޓުބީ ކުންފުންޏަށެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމައަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ، އުރީދޫ އާއި ޑައިލޮގް އެކްޒިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށް ގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށެވެ.

މި ގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ. ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމާއި އެކު، ސީޑް ފަންޑިންގ ފޯރުކޮށްދިނުމުގެ އިތުރުން، އެހެނިހެން އިންވެސްޓްމަންޓު ހޯދުމަށްޓަކައި ސަރުކާރުގެ އޮފިޝަލުން، އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ސްޓާޓްއަޕްތައް ޕިޗްކޮށް، އިތުރު ކުރިއެރުން ފަހިކޮށްދިނުމަށް އުރީދޫ އިން ދަނީ މަސައްކަތްކުރަމުންނެވެ.

ނިރު އެކްސެލެރޭޓަރ ފުރިހަމަ ކުރާ އެންމެހާ ޓީމުތަކަށްވެސް، އުރީދޫގެ ޕާޓްނަރެއްގެ ގޮތުގައި، ދިގު މުއްދަތަށް ދެމިގެންދާނެ އެހީތެރިކަމާއި ފުރުސަތުތައް ލިބިގެންދާނެއެވެ. އަދި މުސްތަޤްބަލުގައި، މި ބައިވެރިން ވެގެންދާނީ، މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވާނެ ގިނަ ސްޓާޓް-އަޕް ތަކެއް ހިމެނޭ ކޮމިއުނިޓީއެއްގެ ތަމްސީލުވެރިންނަށެވެ.

"ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ އަމާޒަކީ، ރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ވަރުގަދަކޮށް، އަޅުގަނޑުމެންގެ މުޖުތަމައުގައި ހިމެނޭ ޒުވާން ވިޔަފާރިވެރިންގެ ހުނަރުތައް ބިނާކުރުމާއި އެކު، ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުން. ނިރުގެ ފުރަތަމަ އަހަރުގެ ތަޖުރިބާ އާއި އެކު، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގެ ޒުވާނުންނަށް ކާމިޔާބީ ހޯދޭނެކަމާއި މެދު އަޅުގަނޑުމެންގެ ޔަގީންކަން އިތުރަށް ވަރުގަދަވެފައިވޭ" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓަރގެ ޑެމޯޑޭގައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް، ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތައް ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް