Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ލަވް އާޖްކަލް 2 ގެ ޝޫޓިން ކާތިކް އާއި ސާރާ ފެށީތަ؟

މި ދެތަރިން ދިއްލީގެ މަގުމަތީގައި ބައިކް ދުއްވާ ވީޑިއޯއެއް ވަނީ އާންމުވެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 މާރިޗު 2019 | ހޯމަ 03:53
ކާތިކް އާރްޔަން އާޢި ސާރާ އަލީ ޚާން

ކާތިކް އާރްޔަން އާޢި ސާރާ އަލީ ޚާން

"ލަވް އާޖްކަލް 2" ގެ ޝޫޓީން ބޮލީވުޑްގެ ޒުވާން ދެ ތަރިންކަމަށްވާ ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން ފަށައިފިއެވެ.

މި ދެ ތަރިން ދިއްލީގެ މަގުމަތީގައި ބައިކް ދުއްވާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

މި ވީޑިއޯގައި ފެންނަނީ ކާތިކް ބައިކް ދުއްވަން އިން އިރު އޭނާގެ ފަހަތުގައި ސާރާ ހެލްމެޓް ނާޅާ އިންދައެވެ.

ވީޑިއޯއިން ފެންނަ ފެނުމުން އެ ދެ މީހުން މަގުމަތީގައި ހުރި މީހަކާއި ވާހަކަ ދައްކާ މަންޒަރު ފެނިގެން ދެއެވެ.

ކޮފީ ވިތް ކަރަން ޝޯގައި ކާތިކް އަކީ ސާރާގެ ކްރަޝްއެއް ކަމަށް ސާރާ ބުނުމުން ގިނަ ފޭނުން ތިބީ އެ ދެ މީހުން އެކުގައި ފެންނާނު ދުވަހަކަށް ކެތް މަދުވެފައެވެ.

މީގެ އިތުރުން ވެސް މި ފިލްމް ސެޓްގައި ނާގާފައިވާ ގިނަ ވީޑިއޯތައް ވަނީ ފޭން ޕޭޖްގައި ވައިރަލް ވެފައެވެ.

ކާތިކް އާއި ސާރާ އެންމެ ފުރަތަމަ ދިމާވެފައި ވަނީ ދާދި ފަހުން ބޭއްވި އެވޯޑް ހަފްލާއަކުންނެވެ. މި ހަފްލާގައި ކާތިކްއަށް ސާރާ ތައާރަފުކޮށްދީފައި ވަނީ ރަންވީރު ސިންގް އެވެ.

"ލަވް އާޖް ކަލް 2" އަކީ 2009 ވަނަ އަހަރު ރިލީޒް ކުރި ސާރާގެ ބައްޕަ ސައިފް އަލީ ޚާން ކުޅެފައިވާ ކާމިޔާބު ފިލްމް "ލަވް އާޖްކަލް" ގެ ސީކުއެލް އެކެވެ. އެފިލްމްގައި ސައިފް އާއި އެކު ލީޑް ރޯލް ކުޅެފައިވަނީ ދިޕިކާ ޕަދުކޯން އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު