Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤުރުއާނާ ބެހޭ މަރުކަޒު

ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ޓްރާސްކްރިޕްޓް ދޫކުރުން ލަސްވާތީ ކަންބޮޑުވުންފާޅުކޮށްފި

16 މާރިޗު 2019 | ހޮނިހިރު 10:52

ޓްރާސްކްރިޕްޓް ހޯދަން މަސައްކަތްކުރާތާ ދެމަސްމަހަށްވުރެ ގިނަ ދުވަސްވަނީ ވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 16 މާރިޗު 2019 | ހޮނިހިރު 10:52
ޤުރުއާނާ ބެހޭ މަރުކަޒު

ޤުރުއާނާ ބެހޭ މަރުކަޒު

ޤުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ގުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ނިންމި ދަރިވަރުންގެ ޓްރާސްކްރިޕްޓް ދޫކުރުން ލަސްވާތީ އެދަރިވަރުންތައް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހަކީ އެޑިޔުކޭޝަން މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީ އަދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

Advertisement - newsAdvertisement

2018 ވަނަ އަހަރުގެ ނޮވެންބަރު މަހު މިކޯސް ނިންމި ދަރިވަރަކު ރާއްޖެއެމްވީއަށް ބުނީ ގްރެޖުއޭޝަން ނުބާއްވާނެ ކަމަށާއި، ސެޓްފިކެޓް ފަހުން ދޫކުރެވޭނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ސެޓްފިކެޓް ދޫކުރާނެވަކި ތާރީހެއް އަންގާފައިނުވާ ކަމަށެވެ.

އެގޮތުން ކޯސްނިންމިކަމުގެ ލިޔުމާއި ޓްރާސްކްރިޕްޓް ދޫކުރަން 65 ދަރިވަރުން އެދިފައިވާ ކަމަށާއި، ކޯސް ނިންމިކަމުގެ ލިޔުން ދޫކުރި ނަމަވެސް ޓްރާސްކްރިޕްޓް ދޫކޮށްފައިނުވާ ކަމަށެވެ.

އެމީހާ ބުނީ ޓްރާސްކްރިޕްޓް ހޯދަން މަސައްކަތްކުރާތާ ދެމަސްމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެއްބާރުލުންދީފައިނުވާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީއާ، އެޑިކުޔޭޝަން މިނިސްޓްރީއަށް ސީޓީ ފޮނުވި ނަމަވެސް މިހާތަނަށް ޖަވާބުދީފައިނުވާ ކަމަށެވެ.

ޓްރާސްކްރިޕްޓް ދޫކުރުން ލަސްވުމަކީ އެތައް ދަރިވަރުންނެއްގެ ހައްގުތައް ގެއްލޭކަމެއްކަން ފާހަގަކޮށް އެމީހާ ބުނީ ބައެއް ދަރިވަރުންނަށް ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ ކަމަށެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ކޯހުގެ ކޯޑިނޭޓަރުއާ ހަވާލާދީ އެމީހާ ބުނީ މިކޯހުގެ މައްސަލަތަކެއްދިމާވެ، ބަޖެޓްނެތިގެން ގްރެޖްއޭޝަން ނުބާއްވަން ވެސް ނިންމީ ކަމަށެވެ.

''އެޑިޔުކޭޝަން މިނިސްޓްރީއަށް ދިޔާމަ ބުނާނެ އިސްލާމިކް މިނިސްޓްރީންނޭ ބަލާނީ. ދެން އިސްލާމިކް މިނިސްޓްރީން ބުނާނެ ބަލަމުންނޭ މިދަނީ. އެކަމަކު އިދާރީކަންކަން ބަލަހައްޓާނީ ޤުރުއާނާ ބެހޭ މަރުކަޒުންނޭ. ދެން މަރުކަޒުން މިބުނަނީ އެމްކިޔުއޭއަށް ފޮނުވާފައޭ. އެކަމަކު އެމްކިޔުއޭއަށް ދިޔާމަ މިބުނަނީ ފޮނުވާފައެއް ނެތޭ" އެމީހާ ބުންޏެވެ.

މިމައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރުގެ ނައިބު އަހުމަދުﷲ ޖަމީލް ވިދާޅުވީ މިކޯހުގެ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި، ޓްރާސްކްރިޕްޓް ދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެޕްރޫވަލް ހޯދުމަށް މޯލްޑްވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އަށް ފޮނުވާފައިވާ ކަމަށާއި، އެޕްރޫވަލް ދިނުމުން ވީއެންމެ އަވަހަށް ޓްރާސްކްރިޕްޓްދޫ ކުރާނެ ކަމަށެވެ.

މިމައްސަލާއާ ގުޅިގެން ޤުރުއާނާ ބެހޭ މަރުކަޒުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2018

ނޫހެއްގެ އެޑިޓަރުކަން ކުރެވޭނީ ޑިގްރީ އޮންނަ މީހަކަށް ކަމަށް ކަނޑައަޅައިފި

31 ޖެނުއަރީ 2018
ނޫހެއްގެ އެޑިޓަރުކަން ކުރެވޭނީ ޑިގްރީ އޮންނަ މީހަކަށް ކަމަށް ކަނޑައަޅައިފި
04 ޖެނުއަރީ 2018

ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

04 ޖެނުއަރީ 2018
ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
16 ނޮވެމްބަރު 2017

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް

16 ނޮވެމްބަރު 2017
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް
05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
06 ޖޫން 2017

ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް

06 ޖޫން 2017
ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް
02 ޖޫން 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް