Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 22:55
މުޅި މުބާރާތުން އެއްވަނަ ލިބުނު ސްކޫލް ކެޕްޓަނަށް އިނާމާއި ތަށި ދެނީ
މުޅި މުބާރާތުން އެއްވަނަ ލިބުނު ސްކޫލް ކެޕްޓަނަށް އިނާމާއި ތަށި ދެނީ
ރާއްޖެއެމްވީ
ނައިވާދޫ ޤުރުއާން މުބާރާތް
ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް
މުޅި މުބާރާތުން ދެވަނައަށްދިޔަ ދަރިވަރަށްވެސް ވަނީ އުމުރާ ދަތުރެއް ލިިބިފައި

ހދ ނައިވާދޫ ޒުވާނުން ބޭއްވި ޤުރުއާން މުބާރާތުގެ  އެއްވަނަ ހޯދައިގެން އެރަށު ސްކޫލް ކެޕްޓަން މުހައްމަދު ރިޒާއަށް އުމުރާ ދަތުރެއް ލިބިއްޖެއެވެ.

ހދ އަތޮޅުގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު މި މުބާރާތުގެ އެއްވަނަ އަށް ދިޔަ ރިޒާއަށް އަލް ރަޢުޟާ ހައްޖު އަދި ޢުމްރާ ގުރޫޕުގެ ފަރާތުންދޭ  އުމްރާދަތުރުގެ އިތުރުން ނައިވާދޫ ޒުވާނުންގެ ފަރާތުން ދޭ 500 ޑޮލަރާއި ހަނދާނީލިޔުން އަދި  ޓުރޮފީ ލިބިފައެވެ.

މުޅި މުބާރާތުން ދެވަނައަށް ހޮވުނު ދަރިވަރަށް ވެސް ލިބުނު އުމްރާ ދަތުރެކެވެ. ޝާލިމް ޝާފިޢު ދެ ވަނަ އަށް ގޮސްފައިވާއިރު، އޭނާގެ އުމްރާ ދަތުރު ސްޕޮންސާކޮށްފައި ވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގައި މަސައްކަތްކުރާ ނާވައިދޫ ޒުވާނުންނެވެ. ނައިވާދޫ ޒުވާނުންގެ ފަރާތުން ދޭ ހަނދާނީލިޔުން، އަދި ޓުރޮފީ ވެސް ޝާފިއުއަށް ދިނެވެ. 

މުބާރާތުން ތިންވަނަ ލިބުނު މަލްދާ ޢަލީއަށް ލިބުނީ ބެޑްރޫމްސެޓަކާއި ނައިވާދޫ ޒުވާނުންގެ ފަރާތުން ދޭ ހަނދާނީލިޔުން، އަދި ޓްރޮފީއެވެ.

ޖުމްލަ 64 ދަރިވަރުން ބައިވެރިވި މި ޤުރުއާން މުބާރާތުން އުމުރު ފުރާތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށްވެސް ވަނީ އަގު ހުރި އިނާމަތަކެއް ދީފައެވެ. އޭގެ ތެރޭގައި ލެޕްޓޮޕާއި އައިޕެޑްގެ އިތުރުން ޓީވީ ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް ވަނީ މުސްހަފަކާއި ގިފްޓް ޕެކެއް ދީފައެވެ.

ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށް ދެއްވީ މުބާރާތުގެ ޖަޖުންނާއި މުބާރާތުގެ ޝަރަފްވެރި މެހެމާން ރަވްޟާ ޙައްޖު އަދި ޢުމްރާ ގުރޫޕުގެ ޑިރެކްޓަރ އައްޝައިޙު ނިމާލް މުޙައްމަދުއެވެ.

މިއީ ނައިވާދޫގައި ބޭއްވި މިފަދަ ފުރަތަމަ ޤުރުއާން މުބާރާތް ކަމުން މުބާރާތުގައި ދަރިވަރުން ބައިވެރި ކުރި ބެލެނިވެރިން ބުނިގޮތުގައި މިފަދަ މުބާރާތެއް ބޭއްވީތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިފަދަ މުބާރާތެއް ޒުވާނުން ބޭއްވޭތީ ޝުކުރު އަދާކުރާ ކަމަށެވެ.

ދަރިވަރުންނަށް އިނާމު ދިނުމުގެ އިތުރުން، ނައިވާދޫގައި އެތައް އަހަރެއް ވަންދެން ކުޑަކުދިންނަށް ތަޖްވީދު މަގަށް ޤުރުއާން ކިޔަވައިދެމުންއައި އެރަށުގެ ކުރީގެ މުދިމް ޢަބްދުއްސަމަދު ހުސައިންގެ އަގުހުރި ޚިދުމަތް ފާހަގަކޮށް ޚާއްޞަ ހަނދާނީ ފިލައެއް ދިނެވެ. 

"ނައިވާދޫ ޤުރުއާން މުބާރާތް 1438" ގެ ނަމުގައި ކުރިއަށް ގެންދިއަ މިމުބާރާތުގެ ޖަޖްކަން ކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭފުޅުންނެވެ. 

މުބާރާތް އިންތިޒާމްކުރި ނައިވާދޫ ޒުވާނުން ބުނީ މިއީ ނައިވާދޫގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖްވީދު މަގުން ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވި މުބާރާތެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޖޫން 2017 | އަންގާރަ 19:55
Lubu
Congra