Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑާ މިނިސްޓަރު ޝިދާތާ

އަންހެނުންނަށް ހަމަހަމަ ފުރުޞަތު ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނަން: ޖެންޑާ މިނިސްޓަރު 

14 މާރިޗު 2019 | ބުރާސްފަތި 19:17

އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ: ޝިދާތާ

އަލީ ސަމާޚް
އަލީ ސަމާޚް | 14 މާރިޗު 2019 | ބުރާސްފަތި 19:17
ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އ.ދ.ގެ މައި އިދާރާގައި ކުރިއަށް ދާ “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63 ވަނަ ސެޝަންގައި ސްޓޭޓްމެންޓް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށެވެ. އެގޮތުން އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށާއި، އަދި ގިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތަކަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.

ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތަކާއި، ދިވެހިރާއްޖޭން ޢަމަލުކުރަމުންދާ ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ މައްޗަށް ޝިދާތާ ވަނީ އަލިއަޅުވާލާފައެވެ.

ރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މުޖުތަމަޢުއިން މި ކަމުގައި ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އަދި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ މިފަދަ ދަތިތަކާއި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާ ކަމަށާއި، އެ ގޮތުން ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދިވެހިރާއްޖޭގައި ތަޢާރުފުކުރެވިފައިވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި މަހުގެ 9ން 20ށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ މިދަތުރުފުޅުގައި “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް