Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

12 މާރިޗު 2019 | އަންގާރަ 07:46

މި ކޯހުގައި އެކި ދާއިރާތަކުން ޖުމްލަ 11 މޮޑިއުލެއް ކިޔަވައިދީފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 މާރިޗު 2019 | އަންގާރަ 07:46
ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުލުހުންގެ ތެރެއިން އަލަށް ކޮމިޝަންޑުވާ އޮފިސަރުންނަށް އަމާޒުކޮށްގެން މުޅިންއަލަށް ކުރިއަށްގެންދިޔަ މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވަނީ އިސްލާމީމަރުކަޒު މައިދާނުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މިކޯހަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ސްޕަވައިޒަރީ މެނޭޖްމަންޓް ލެވަލްގައި މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަދި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ރޭންކުގެ ފުލުހުންނަށް އަމާޒުކޮށްގެން ފުލުހުންގެ މުއައްސަސާއިން ފަރުމާކޮށް މުޅިން އަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މީގެ އިތުރުން މިކޯސް ކުރިއަށް ގެންދިޔައީ ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ދަށުގެ ރޭންކުތަކުގެ އޮފިސަރުންގެ ތެރެއިން އޮފިސަރ ލެވަލްގެ ކޯހެއް ފުރިހަމަ ނުކުރާ އޮފިސަރުން ވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.

ކޮމިޝަންޑް އޮފިސަރުންގެ ކިބައިގައި ހުންނަންޖެހޭ އެންމެހާ ސިފަތަކާއި ހުނަރުތަކާއި ޢިލްމީ ޤާބިލްކަން އިތުރުކޮށް، ޢަމަލީ މައިދާނުގައި ފަންވަރު ހުރި ހަރުދަނާ ލީޑަރުންތަކެއް އުފެއްދުމުގެ ގޮތުން ޕޮލިސް އެކަޑަމީން ކުރިއަށް ގެންދިޔަ މިކޯހުގައި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެންމެހާ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި އުކުޅުތަކާއި ބޭނުންވާ ޢިލްމު ދަސްކޮށްދިނުމަށް އިންޑޯ ކްލާސްތަކާއި އައުޓް ޑޯ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން ފަސް މަސް ދުވަހު ކެމްޕަސް ކްލާސްތަކަކާއި އަދި ފަސް މަސް ދުވަހުގެ ފީލްޑް ޓްރެއިނިންގ ކްލާސްތަކަކާއެކު އެކި ދާއިރާތަކުން ޖުމްލަ 11 މޮޑިއުލެއް ކިޔަވައިދީފައިވެއެވެ . މިރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲއާއި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވެއެވެ. އަދި ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ މުދައްރިބުންނާއި ބައިވެރިންނާއި އެބައިވެރިންގެ އާއިލާ މެންބަރުން ބައިވެރިވެފައިވެއެވެ.

. .

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް