Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

އެމްޑީޕީއަކީ ތަންދޮރު ދަންނަ މީހުން ތިބި ޕާޓީއެއް: ނަޝީދު

12 މާރިޗު 2019 | އަންގާރަ 05:08

މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ، އެހެން ބައެއްގެ ސަރުކާރެއް ނޫން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 މާރިޗު 2019 | އަންގާރަ 05:08
ރައީސް ނަޝީދު ވާހަކަދައްކަވަނީ

ރައީސް ނަޝީދު ވާހަކަދައްކަވަނީ

އެމްޑީޕީއަކީ ތަންދޮރު ދަންނަ މީހުން ތިބި ޕާޓީއެއް ކަމަށާއި އެމްޑީޕީން ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރުކޮށްދޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަތިވެރި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަރީރުގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން މަޖިލީހުގައި ކުރާނެ ކަންތައްތައް އެކުލަވާލަމުން ދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އަމާޒަކީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ. ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ހަލާލު މަސަތްކަތްކޮށް ރަށްރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދުން އެއީ އެޖެންޑާ 19 ގެ އެންމެ ބޮޑު އެއް މަގްސަދުކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ތަރައްގީއަކީ ވަކި ހާއްސަ ކަންތައްތަކެއް ވަކި ގަޑިއެއްގައި ގެންނަ އެއްޗެއް ކަމަށާއި އެޖެންޑާ 19ގެ ދަށުން ހުރިހާ އެންމެންނަށް ވަޒީފާ ކަށަވަރު ވެގެންދާނެ ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސްކަމުގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ މެމްބަރެއް ކަމަށެވެ.

"އުފެދިފައި މިއޮތީ އެހެން ބައެއްގެ ސަރުކާރެއް ނޫން ، މިއީ އެމްޑީޕީގެ ސަރުކާރެއް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނުކުންނަވާ އެ ކެންޑިޑޭޓަށް ރާއްޖޭގެ ރައްޔިތުން ވޯޓު ދިނީމައި އިންތިހާބުވެފައިވާ އެމްޑީޕީގެ ރައީސުލް ޖުމްހޫރިއްޔާ ، އެއި އެމްޑީޕީގެ ކުރީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރ ، އެމްޑީޕީގެ ހިންނަވަރު ދާއިރާގެ ރައީސް ، އެމްޑީޕީގެ ފައުންޑަރ މެމްބަރެއް ، ދެން މި ސަރުކާރު އެހެން ބައެއްގެ ސަރުކާރައް ވާނެ އެހެން އެއްވެސް ގޮތެއް ނެތް " ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ސަރުކާރު ކެންޑިޑޭޓުން ނޫން ކަމަށާއި ސަރުކާރަކީ އެމްޑީޕީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މަތިވެރި ދާއިރާއަށާއި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ މަތިވެރި ދާއިރާގެ ދެ ރަށަކަށް ވަޑައިގަތުމުގެ އިތުރުން ތޮއްޑޫ ދާއިރާގެ ހުރިހާ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް