Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ މަޖިލިސް 19

ސަރުކާުރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވި ޖޭޕީގެ ވަރީރުންނަށް އެމްޑީޕީގެ ތައުރީފް

11 މާރިޗު 2019 | ހޯމަ 07:57

ޓޫރިޒަމް މިނިސްޓަރާއި އެންވަޔަރމަންޓް މިނިސްޓަރ ވަނީ ސަރުކާރު ދިފާއުކުރައްވާނެ ކަމަށް ވިދާޅުވެފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2019 | ހޯމަ 07:57
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ސަރުކާރުގެ ކެބިނެޓަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ވަޒީރުން ސަރުކާރު ދިފާއު ކުރުމަށް ނިންމެވި ނިންމެވުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ސެކްރަޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، ކެބިނެޓުުގައި ތިއްބެވި ހުރިހާ ވަޒީރުން ވެސް ތިއްބެވީ ސަރުކާރާ އެކުގައި ކަމަށެވެ.

Advertisement - newsAdvertisement
" ވަރަށް އުފަލާއެކު ފާހަގަކުރަން ޖުމްހޫރީ ޕާރޓީގެ ދެ ކެނބިނެޓު މިނިސްޓަރުން، ޓޫރިޒަމް މިނިސްޓަރއާއި، އެންވަޔަރމަންޓް މިނިސްޓަރ ސަރުކާރާއެކު ތިއްބަވާނެ ކަމަށާއި، އެބޭފުޅުން އިހުލާސްތެރި ކަމާއެކީ އަދި ވަފާތެރި ކަމާއެކީ ސަރުކާރަށް ޚިދުމަތް ކުރައްވާނެކަން ވިދާޅުވެދެއްވާފަ، އަދި އެބޭފުޅުން ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް، އަސްލު ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކު ޕީޕީއެމް އަދި ޕީއެންސީގެ ކެނޑިޑޭޓަކަށް ވޯޓު ނުދެއްވާނެކަން ވަރަށް ސާފުކޮށް ވަނީ ވިދާޅުވެފަ، " އަފްޝަން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ވާދަ ކުރަން ނިންމެވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާން ކުރައްވާފައި ވަނިކޮށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގާސިމްގެ އެ ނިންމެވުމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާއަކީ ދިވެހި ރައްޔިތުންނަށާއި، ގައުމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ވަފާތެރިވުމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ވަޒީރެއް ކަމަށާއި ސަރުކާރު ދިފާއު ކުރާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުން ސަރުކާރަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވަނީ މަޤާމުގެ ދަހިވެތި ކަމުގައި ކަމަށް ވާހަކަފުޅު ދައްކަވާ ފަރާތްތަކަށް ރައްދު ދެއްވައި އަފްޝަން ވިިދާޅުވީ، އެފަދަ ފަރާތްތަކުން އަބަދުވެސް ދައްކަވަނީ "ހޮޅި" ވާހަކަ ކަމަށާއި، އެއީ ރައްޔިތުންނަށް ދައްކާނެ ސިޔާސަތެއް ނެތުމުން ދައްކަވާ ވާހަކަ ކަމަށެވެ. އަދި ކެބިނެޓުގައި ތިއްބެވި ވަޒީރުން ސަރުކާރު ދިފާއު ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ ފަސް ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ބައެއް ވަޒީރުން ގެންދަވަނީ ގާސިމްގެ ނިންމެވުމަށް ފާޑުވިދާޅުވެ، ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

08 މެއި 2017

ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!

08 މެއި 2017
ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
19 އެޕްރީލު 2017

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް