Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

މެންޗެސްޓާ ސިޓީން ވަކި ކުރަންދެން އެޓީމުގައި ހުންނާނަން: ޕެޕް ގާޑިއޯލާ

10 މާރިޗު 2019 | އާދީއްތަ 11:58

ސިޓީ ދޫކޮށް ޔުވެންޓަސް އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް: ގާޑިއޯލާ

މިއުނާ ހަސަން
މިއުނާ ހަސަން | 10 މާރިޗު 2019 | އާދީއްތަ 11:58
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގައި މަޑު ކުރާނެކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަނުވަނީސް، ގާޑިއޯލާ ސިޓީ ދޫކޮށް ޔުވެންޓަސް އަށް ދާން އުޅޭ ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެވާހަކަތަށް ދޮގު ކުރަމުން އޭނާ ބުނީ ސިޓީން އޭނާ ވަކި ކުރަންދެން ސިޓީގައި ހުންނާނެ ކަމަށެވެ.

ގާޑިއޯލާ މިހެން ބުނެފައިވަނީ މެންޗެސްޓާ ސިޓީގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މެންޗެސްޓާ ސިޓީގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ވެޓްފޯރޑާއި ވާދަކޮށް ސިޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

ސިޓީ މެޗު ކާމިޔާބުކުރީ ވެޓްފޯރޑްއާއި ވާދަކޮށް 1-3 ލަނޑުގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ސިޓީންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ސިޓީންނެވެ. މި ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ރަހީމް ސްޓާލިންގްއެވެ.

ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ މާގިނަ އިރެއްނުވެ 50 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒްގެ އެހީތެރި ކަމާއިއެކު ސްޓާލިން ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

ސްޓާލިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ 59 މެނުޓުގައި ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު އޭނާ ވަނީ ސިޓީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކްހެދިއެވެ.

ސިޓީގެ ތިންވަނަ ލަނޑަށްފަހު ވެޓްފޯރޑްގެ ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން ލީޑު ކުޑަ ކުރުމަށް އެ ޓީމުން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޓްރޯއީ ޑީނޭގެ އެހީތެރި ކަމާއެކު ވެޓްފޯރޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ޑިއުލޮފޭ އެވެ.

މި މޮޅާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 74 ޕޮއިންޓާއެކު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް