Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖީރިއާ

ބޫތެފްލިކާ ގެންދަވަނީ ނޭވާލާ ނިޒާމާއި ނާރުތަކުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން

7 މާރިޗު 2019 | ބުރާސްފަތި 02:18

ބޫތެފްލިކާ ވަނީ ވެރިކަމުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 މާރިޗު 2019 | ބުރާސްފަތި 02:18
2013 ވަނަ އަހަރު ސްޓްރޯކެއް ޖެހުމާއި ގުޅިގެން އާލާސްކަންފުޅު ހުރިގޮތުން ބޫތެފްލިކާ އިންނަވަނީ ފުރޮޅުލީ ގޮނޑީގައި

2013 ވަނަ އަހަރު ސްޓްރޯކެއް ޖެހުމާއި ގުޅިގެން އާލާސްކަންފުޅު ހުރިގޮތުން ބޫތެފްލިކާ އިންނަވަނީ ފުރޮޅުލީ ގޮނޑީގައި

އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒް ބޫތެފްލިކާ ގެންދަވަނީ ނޭވާލާ ނިޒާމާއި ނާރުތަކުގެ އާލާސްކަންފުޅެއް ތަހައްމަލް ކުރައްވަމުންކަމަށް ސްވިޒަލޭންޑްގައި ފަރަންސޭސި ބަހުން ނެރޭ ދުވަހު ނޫހެއްކަމަށްވާ ޓްރިބިއުން ޑި ޖެނީވްގައި ބުދަ ދުވަހު ބުނެފިއެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަލްޖީރިއާގެ ރައީސްއަށް އިންޓެންސިވް މެޑިކަލް ކެއަރ ބޭނުންވާއިރު އެ މަނިކުފާނަށްވަނީ ނާރުތަކުގެ ބާރު ދަށްވުމުގެ ހާލަތަކާ ކުރިމަތިވެވަޑައިގެންފައެވެ. މިހާރުވެސް ޖެނީވާ ޔުނިވާސިޓީ ހޮސްޕިޓަލުގެ އަށް ވަނަ ބުރީގައި ގެންދަނީ ފަރުވާ ދެމުންނެވެ.

"އަލްޖީރިއާގެ ރައީސްގެ ނޭވާލާ ނިޒާމްގެ މައްސަލަ ދިމާވީއްސުރެ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅުވަނީ "ނުރައްކަލުގައި'" އަދި ހުއްޓުމެއް ނެތި ފަރުވާ ބޭނުންވޭ" ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މިހާލަތުގައިވެސް ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލައްވާނެކަން އިއުލާނުކުރައްވައި، އެކަމާ ރައްޔިތުން ނުރުހުމުން އިންތިޚާބު ވެވަޑައިގެންފިނަމަ އެއް އަހަރު ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވާނެ ކަމަށްވަނީ އިއުލާނުކުރައްވާފައެވެ.

ރައީސް އަބްދުލްއަޒީޒު ބޫތެފްލިކާ ރައްޔިތުންނަށް ދެއްވި އެ 'ޑީލަށް'ވެސް ނޫނެކޭ ބުނެ، އެ ޤައުމުގެ ގިނަ އަދަދެއްގެ ދަރިވަރުންވަނީ އިހުތިޖާޖު ފަށާފައެވެ.

ވޭތުވެދިޔަ 20 އަހަރު އަލްޖީރިއާގައި ވެރިކަން ކުރައްވާފައިވާ، އުމުރުން 82 އަހަރުގެ ބޫތެފްލިކާ، ވެރިކަމުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވުމާއި ގުޅިގެން އަލްޖީރިއާގައި ފެށި މުޒާހަރާތައް އަދިވެސް ކުރިއަށްގެންދެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2025

ދުނިޔޭގެ ހަމަޖެހުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން: ޕުޓިން

11 އޮކްޓޯބަރު 2025
ދުނިޔޭގެ ހަމަޖެހުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން: ޕުޓިން
07 ސެޕްޓެމްބަރު 2022

ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ފޮނުވާލާ ކޮވިޑް ވެކްސިންއަކަށް ހުއްދަ ލިބުނު ފުރަތަމަ ގައުމަކަށް ޗައިނާ

07 ސެޕްޓެމްބަރު 2022
ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ފޮނުވާލާ ކޮވިޑް ވެކްސިންއަކަށް ހުއްދަ ލިބުނު ފުރަތަމަ ގައުމަކަށް ޗައިނާ
03 އެޕްރީލު 2019

އަލްޖީރިއާގެ ރައީސް ބޫތެފްލިކާ އިސްތިއުފާ ދެއްވައިފި

03 އެޕްރީލު 2019
އަލްޖީރިއާގެ ރައީސް ބޫތެފްލިކާ އިސްތިއުފާ ދެއްވައިފި
27 މާރިޗު 2019

ބޫތެފްލިކާ މަގާމުން ދުރުކުރަން އަލްޖީރިޔާ ސިފައިންގެ ވެރިޔާ ގޮވާލައިފި

27 މާރިޗު 2019
ބޫތެފްލިކާ މަގާމުން ދުރުކުރަން އަލްޖީރިޔާ ސިފައިންގެ ވެރިޔާ ގޮވާލައިފި
10 މާރިޗު 2019

ބޫތެފްލިކާއާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ބާއްވައިފި

10 މާރިޗު 2019
ބޫތެފްލިކާއާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ބާއްވައިފި
05 މާރިޗު 2019

ރައީސް ބޫތެފްލިކާގެ 'ޑީލް' ދަރިވަރުންނަށް ކަމަކު ނުދިޔަ – މުޒާހަރާތައް ކުރިއަށް

05 މާރިޗު 2019
ރައީސް ބޫތެފްލިކާގެ 'ޑީލް' ދަރިވަރުންނަށް ކަމަކު ނުދިޔަ – މުޒާހަރާތައް ކުރިއަށް
28 އޯގަސްޓު 2018

އަލްޖީރިއާގެ ރައީސް ބޫތެފްލިކާ ސިއްހީ ފަރުވާއަށް ޖެނީވާގައި

28 އޯގަސްޓު 2018
އަލްޖީރިއާގެ ރައީސް ބޫތެފްލިކާ ސިއްހީ ފަރުވާއަށް ޖެނީވާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް