Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-އެމެރިކާ

ދުނިޔޭގެ ހަމަޖެހުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން: ޕުޓިން

ގިނަ އަހަރުތަކަކާއި، ދުވަސް ތަކަކަށް ދެމިގެން ދިޔަ އުނދަގޫ ހަމަ ނުޖެހުންތައް ޙައްލު ކުރުމަށް ޓްރަމްޕް ގިނަ މަސައްކަތް ތަކެއް ކުރެއްވި ކަމަށް ޕުޓިން ވަނީ ވިދާޅުވެފައި. އަދި މިހާރު ވެސް ޓްރަމްޕް ގެންދަވަނީ ދުނިޔޭގެ ހަމަޖެހުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ކަމަށް ޕުޓިން ވިދާޅުވެފައިވޭ.

ޕިއުޓިން ވިދާޅުވީ ޓްރަމްޕް ދުނިޔޭގެ ހަމަނުޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2025 | ހޮނިހިރު 12:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މުޅި ދުނިޔޭގެ ހަމަޖެހުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ކަމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައި މި ވަނީ، މިއަހަރުގެ ނޮބެލް ސުލްޙައިގެ އިނާމު ޓްރަމްޕް އަށް ނުލިބުނު ދަނޑިވަޅުގަ އެވެ. ޓްރަމްޕް އަދި ބައެއް ޤައުމު ތަކުގެ ވެރިން ދިޔައީ މިއަހަރުގެ ނޮބެލް ސުލްޙައިގެ އިނާމު އޭނާ އަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް، ޓްރަމްޕް ފަހަތަށް ޖައްސާލުމަށް ފަހު މިއަހަރުގެ ނޮބެލް ސުލްޙައިގެ އިނާމު ޙާސިލު ކޮށްފައި ވަނީ ވެނެޒުއޭލާގެ އިދިކޮޅު ސިޔާސީ ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ އެވެ. ހުކުރު ދުވަހު ނޯބެލް އިނާމު ކޮމެޓީ އިން ވަނީ އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

ތަޖަކިސްތާންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް އަށް ނޯބެލް ސުލްޙައިގެ އިނާމު ލިބެންވާނެތޯ ނިންމާނީ އޭނާ ނޫން ކަމަށެވެ. އަދި އެ އިނާމު ލިބެން ޖެހޭނީ ކާކަށް ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ގިނަ އަހަރުތަކަކާއި، ދުވަސް ތަކަކަށް ދެމިގެން ދިޔަ އުނދަގޫ ހަމަ ނުޖެހުންތައް ޙައްލު ކުރުމަށް ޓްރަމްޕް ގިނަ މަސައްކަތް ތަކެއް ކުރެއްވި ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ޓްރަމްޕް ގެންދަވަނީ ދުނިޔޭގެ ހަމަޖެހުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ކަމަށް ޕުޓިން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މެދު އިރުމަތީގެ ޙާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ ޓްރަމްޕް މަސައްކަތް ކުރައްވާ ކަންކަން ހާސިލު ކުރެވިއްޖެ ނަމަ، އެއީ ވަރަށް ބޮޑު ތާރީޚީ ކާމިޔާބެއް ކަމަށެވެ. ނަމަވެސް، ޕުޓިން ވަނީ ނޮބެލް އިނާމު ކޮމެޓީ އަށް ފާޑު ކިޔުން އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ސުލްޙައަށް އެއްވެސް މަސައްކަތެއް ނުކުރާ މީހުންނަށް ވެސް މީގެ ކުރިން އިނާމު ދީފައިވާ ކަމަށް ޕުޓިން ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް ވަނީ ޕުޓިންގެ އެ ވާހަކަތައް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ. އަދި ޓްރަމްޕްއާ މެދު ވިދާޅުވެފައިވާ ބަސްތަކަށް އޭނާ ވަނީ ޕުޓިން އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ޕުޓިން އާއި ޓްރަމްޕް އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ.

ޓްރަމްޕް ގެންދަވަނީ ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެސް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ޕުޓިންއާ ވަކިން ބައްދަލު ވެސް ކުރައްވައިފަ އެވެ. ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި ދޭތެރެއިން ޓްރަމްޕްގެ ނުރުހުން ޕުޓިން އަށް އަމާޒުވާކަން ވެސް ފާހަގަ ކުރެވެއެވެ.

މަސްދަރު: އޭއެފްޕީ

ވްލަޑިމިއަރ ޕުޓިންޑޮނަލްޑް ޓްރަމްޕްނޮބެލް ޕްރައިޒްރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު