Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއުު

އާއިލާއާ ގުޅުން ހުރި 37 މީހަކަށް ފްލްޓް ލިބުނު، އެ ވާހަކަ ދައްކަނީ އަގު ވައްޓާލަން: ޚަލީލު

6 މާރިޗު 2019 | ބުދަ 06:40

ފިތުނަ އުފައްދަން މަސައްކަތް ނުކުރުމަށް ގޮވާލެއްވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 މާރިޗު 2019 | ބުދަ 06:40
 ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް

 ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް

އާއިލީ މެމްބަރުންގެ ތެރެއިން ފްލެޓް ލިބުނީ އެންމެ 12 މީހުންނަށް ނޫން ކަމަށާއި އާއިލީ ގުޅުން އޮންނަ 37 ފަރާތަކަށް ފްލެޓް ލިބުނު ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް އާންމު ކުރުމާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއް ބޭފުޅަކީ ޚަލީލެވެ. ޚަލީލްގެ އާއިލާގެ 12 މީޙަކަށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒު ވިއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ޚަލީލު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ އާއިލީ ބޭފުޅުންނަށް ފްލެޓު ލިބިފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އަލަތު ކައިވެނި ކޮށްގެންނާއި ސިފައިންގެ މީހުން ފަދަ ކެޓެގަރީތަކުން ޕޮއިންޓް ލިބިގެން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި އޭނާގެ ނުފޫޒަކުން ހޯދާދީފައިވާ ފްލެޓުތަކެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިތުނަ އުފައްދަން މަސައްކަތް ނުކުރުމަށް ގޮވާލެއްވިއެވެ. އަދި އެ ވާހަކަ ދައްކަނީ އަގު ވައްޓާލަން ކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ދުވަސްތަކެއް ވަންދެން ފުރުއްވި ޑރ. ޚަލީލްގެ އާއިލާގެ ބޭފުޅުންނަށް ފްލެޓު ލިބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވީތީ ނޫން ކަމަށާއި މަޖިލީހުގެ މެންބަރަކަށް ވުމަކީ އާއިލާ މީހުންގެ ތެރެއިން ފްލެޓު ހައްގު ފަރާތްތަކަށް ފްލެޓު މަހްރޫމް ވާން ޖެހޭ ސަބަބެއް ކަމުގައި ނުދެކޭ ކަމަށް ވެސް ބަޔާނުގައި ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިއުލާން ކުރެއްވި ބޯހިޔާވަހިކަމުގައި އެ އާއިލާގެ މީހުން ކުރިމަތިލި ނަމަވެސް ފުރުސަތު ލިބުނީ އޭނާގެ ޅިޔަނަށް އެކަނި ކަމަށާއި އޭރުއްސުރެ އޭނާގެ އާއިލާގެ އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓެއް ވެސް އަދި ގޯއްޗެއް ވެސް މާލޭ ސަރަހައްދުގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އޭނާގެ އާއިލާ މީހުންނަށް ލިބިފައި ވަނީ ކަނޑައެޅިފައިވާ އުސޫލުން ހައްގު ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ޑރ. ޚަލީލުގެ އާއިލީ މީހުންނަށް ލިބިފައިވާ ފްލެޓްތައް ދީފައިވާ ޕޮއިންޓަށް ބަލާއިރު ބައެއް މީހުންނަށް 70 ޕޮއިންޓް ވެސް ލިބިފައެއް ނުވެއެވެ. ފްލެޓުތަކަށް ޕޮއިންޓް ދިން އިރު 90 އިން މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް ވެސް ފްލެޓް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

ރައީސް އޮފީހުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި ފްލެޓް ލިބިފައިވާ ޚަލީލްގެ އާއިލީ މީހުންގެ ތެރޭގައި އޭނާގެ އަނބިކަނބަލުންނާއި އެއްބަނޑު އެއްބަފާ ހަތަރު މީހުން ހިމެނެއެވެ. އަދި އޭނާގެ ދެ ޅިޔަނަކަށް ވެސް ފްލެޓް ލިބިފައިވާކަން ހާމަވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓް ލިބުނު ޚަލީލުގެ އާއިލާގެ މީހުންގެ ތެރޭގައި ބައެއް މީހުން ދިރިއުޅެނީ ނިސްބަތްވާ ރަށް، ފ. ނިލަންދޫގައެވެ. ފުލުހުންގެ ކެޓަގަރީ އިން ޚަލީލުގެ ކޮއްކޮއަކަށް ފްލެޓް ލިބިފައިވާ ކަމަށް ޚަލީލު ވިދާޅުވިއިރު އޭނާގެ ކޮއްކޮގެ އަންހެނުންނަށް ވެސް ވަނީ ފްލެޓް ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޚަލީލުގެ އާއިލާއިން ފްލެޓް ލިބިފައިވާ ބައެއް މީހުން:

  • ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން C2 ކެޓަގަރީން ޙުސެއިން ޢަލީ / ފެހިވިނަ ފ. ނިލަންދޫ ( ފޯމް ނަންބަރު 00678 C) ( ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަގީލާ މޫސާގެ ފިރިމީހާ)
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ވަސީލާ މުސާ / ބަގީޗާގެ ފ. ނިލަންދޫ (07922/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ޙުސެއިން ނާސިހު / ހ. ކީލަ (00786/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ވަސީލާ މޫސާގެ ފިރިމީހާ)
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން މަރިޔަމް ވަޙީދާ / ކެނެރީގެއާގެ ފ. ނިލަންދޫ (08290/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަސްރުﷲ ޖަލީލްގެ އަންހެނުން)
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން އަލީ އަހްމަދު / ޖަނަވަރީމާގެ ފ. ނިލަންދޫ (02418/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަޒީލާ މޫސާގެ ފިރިމީހާ)
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ޝަޒީލާ މުސާ / ބަގީޗާގެ ފ. ނިލަންދޫ (02420/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ފަރީދާ ޢަބްދުލްޢަޒީޒް / ފޮނިލުނބޯގެ ފ. ނިލަންދޫ (08289/H) ޚަލީލްގެ އަންހެނުން
  • ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ޝަމްސުﷲ ފަޒީލް / ބަގީޗާގެ ފ. ނިލަންދޫ (08871/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
  • ހިޔާ މަޝްރޫޢުގެ ދަށުން H4 ކެޓަގަރީން ފަޟީލާ މޫސާ / ބަގީޗާގެ ފ. ނިލަންދޫ (00282/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ދައްތަ
  • އަލަތު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ 1 ކޮޓަރީގެ H1 ކެޓަގަރީން އިޒްޔަން އަބްދުލްޙަމީދު / ރާހި ފ. ނިލަންދޫ (00989/H) ޚަލީލްގެ ދެބެންގެ ދެދަރި ކޮއްކޮ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް