Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އިދިކޮޅު ކޯލިޝަން އިން މަޖިލީހަށް ހުށަހަޅާ މައްސަލަތަކަށް، އެ ކޯލިޝަން މެމްބަރުން އެއްބާރުލުމެއް ނުލިބޭ!

4 މާރިޗު 2019 | ހޯމަ 08:00

ޕްރޮގްރެސިވް ކޯލިޝަނުން ވަޒީރާއި ސުވާލުކުރުމަށް ހުށަހެޅި މައްސަލައިގައި، އެ ކޯލިޝަނުން ވަޒީރާއި ސުވާލުކޮށްފައިވަނީ އެންމެ މެމްބަރެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 މާރިޗު 2019 | ހޯމަ 08:00
މަހިބަދޫ ދާއިރާ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގު(ޓޮމް)

މަހިބަދޫ ދާއިރާ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގު(ޓޮމް)

އިދިކޮޅު ޕްރޮގްރެސިވްކޯލިޝަނުން ހުށަހަޅާ މައްސަލަތަކަށް، އެކޯލިޝަނުގައި ހިމެނިވަޑައިގަންވާ މަޖިލިސް މެމްބަރުން އެއްބާރުލުން ނުދޭކަން ފާހަގަ ކުރެވިއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ސުވާލުކުރުމަށް ހުށަހެޅުއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މަހިބަދޫ ދާއިރާ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގު(ޓޮމް) އެވެ. ޓޮމް މަޖިލީހަށް މާރިޔާ ހާޒިރުކުރީ ވަޒީރުންނާއި ސުވާލުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން މާރިޔާއާ ސުވާލު ކުރުމަށެވެ.

Advertisement - newsAdvertisement

މާރިޔާ މަޖިލީހަށް ހާޒިރުކޮށްފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަރވިއުއެއްގައި "އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް" ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރު ހުށަހެޅުއްވި މައްސަލައަކަށްވީ ނަމަވެސް، މަޖިލިސް ތަޅުމުން ފެނިގެންދިޔައީ ސަރުކާރު މެމްބަރުން އެ މިނިސްޓަރާއި ސުވާލު ކުރެއްވި މަންޒަރެވެ. ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މާރިޔާ އާއި ސުވާލު ކުރުމަށް ރިޔާސަތުން ދެއްވި 15 މިނިޓްގެ ތެރެއިން އެމްޑީޕީ ހަ މެމްބަރުން ވަޒީރާއި ސުވާލު ކުރެއްވިއިރު، މައްސަލަ ހުށަހެޅުއްވި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން މާރިޔާ އާއި ސުވާލު ކޮށްފައިވަނީ، މައްސަލަ ހުށަހެޅުއްވި ޓޮމް ފިޔަވައި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެކަންޏެވެ.

މާރިޔާ އާއި ސުވާލުކުރަން ކަނޑައެޅުނު ވަގުތު ފަހަނައަޅައި ދިޔަފަހުން، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބިލްތަކަށް ބަހުސްކުރެވުނު ވަގުތު ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެކަމަށް ރައްދު ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަމިއްލަ ޕާޓީގެ މެމްބަރަށް ވެސް އަބްދުއްރަހީމް "ދޯކާ"ދީފައިވާ ކަމަށެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ފެބްރުއަރީމަހުގެ 26 ވަނަ ދުވަހު މަޖިލީހަށް ވައްދާފައެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އަދި ފޮނުއްވާފައި ނުވާނެ ކަމަށާއި މަޖިލީހުން ބަލަމުންދަނީ އެ މައްސަލަ ގަވާއިދަށް ފެތޭތޯ ކަމަށެވެ. މައްސަލައެއް ހުށަހެޅުމުން އަބަދު ވެސް އެ މައްސަލައެއް ގަވާއިދަށް ފެތޭތޯ މަޖިލީހުން ބަލާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް