Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްއޫދު އަޒްހަރު

މަސްއޫދު އަޒްހަރު މަރުވި ކަމަށް ދެކޭވެ ވާހަކަތައް ޕާކިސްތާނުން ދޮގުކޮށްފި

މަސްއޫދުގެ ހާލު ދެރަ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 4 މާރިޗު 2019 | ހޯމަ 09:39
މަސްއޫދޫ އަޒްހަރުގެ ފޮޓޯއެއް ހިފައިގެން އިންޑިއާގެ މުސްލިމުން ތަކެއް

މަސްއޫދޫ އަޒްހަރުގެ ފޮޓޯއެއް ހިފައިގެން އިންޑިއާގެ މުސްލިމުން ތަކެއް

ޕާކިސްތާނުގެ ޖައޭޝް-އީ މުހައްމަދު ޖަމާއަތުގެ ލީޑަރު މައުލާނާ މަސްއޫދު އަޒްހަރު މަރުވިކަމަށް ދެކެވޭ ވާހަކަތައް ޕާކިސްތާނުން ދޮގު ކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން އާދިއްތަ ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުން އިންޑިއާއިން ޕާކިސްތާނުގެ ބަލަކޮޓް އަށް ދިން ހަމަލާގައި މަސްއޫދު ވަނީ މަރާލާފައެވެ.

އެވާހަކަތައް ދޮގުކުރަމުން ޕާކިސްތާނުގެ އިސް އޮފިޝަލަކު މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ، އަޒްހަރު މަރުވީ ކަމަށް އިންޑިއާއިން ފަތުރަމުންދާ ހަބަރު ތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މުހައްމަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާއަށް ލިބިފައިވާ މައުލޫމާތު ލިބިފައިވާ ގޮތުން އަޒްހަރު ހުރީ ޕާކިސްތާނުގައި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު ދެރަކަމަށާއި، ގެއިން ބޭރަށް ނިކުމެ އުޅެވޭވަރަށް ވުރެ މަސްއޫދުގެ ސިއްހަތު ގޯސް ކަމަށެވެ.

އިންޑިއާއިން ޕާކިސްތާނުގެ ބަލަކޮޓް ދިން ހަމަލާގައި އަޒްހަރު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ޕާކިސްތާނުން ވަނީ އެވާހަކަތައް ވެސް ދޮގުކޮށްފައެވެ.

އަޒްހަރު ނިސްބަތްވާ ޖައޭޝް-އީ މުހައްމަދު ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިނަ ގައުމުތަކުން ލިސްޓް ކޮށްފައިވާއިރު ޕާކިސްތާނުން އަޒްހަރު ހައްޔަރު ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފޮރިން މިނިސްޓަރު މުހައްމަދު ވިދާޅުވީ، އަޒްހަރް އަކީ ދެކޮޅަށް އެކަށީގެންވާ ހެކި އިންޑިއާއިން ފޯރުކޮށްދީ އެ ހެއްކަކީ ޕާކިސްތާނުގެ ކޯޓުން ބަލައިގަންނަ ހެއްކަކަށްވާނަމަ އޭނާޔާ ދެކޮޅަށް ޝަރިޔަތް ހިންގާނެ ކަމަށެވެ.

ޕާކިސްތާނުން އަޒްހަރު ފޮރުވައިގެން އޭނާއަށް ހިމާޔަތް ދެމުންދާ ކަމަށް އިންޑިއާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެގެން މިއުޅެނީ އިންޑިއާގެ ކަޝްމީރުގައި ހަރަކާތްތެރިވަމުން ދިޔަ ޕެރެމިލިޓަރީ ސިފައިންނަށް އަމާޒުކޮށް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާއަށް ފަހުއެވެ. އެ ހަމާލައަށް ފަހު އިންޑިއާ ޕާކިސްތާނާއި ދެމެދު ވައިގެ މަގުން ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު