Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިޓީބީ ފެއަރ

އައިޓީބީ ފެއަރގައި ރާއްޖޭގެ 105 ކުންފުންޏަކުން ބައިވެރިވޭ: އެމްއެމްޕީއާރްސީ

ފެއަރ ކުރިއަށްދާނީ މާރޗް 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ޖަރުމަންވިލާތުގެ ބާލިންގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 މާރިޗު 2019 | އާދީއްތަ 14:02
2016 ވަނަ އަހަރު ރާއްޖެއިން އައިޓީބީ ފެއަރގައި ބައިވެރިވި

2016 ވަނަ އަހަރު ރާއްޖެއިން އައިޓީބީ ފެއަރގައި ބައިވެރިވި

އައިޓީބީ ފެއަރގައި ރާއްޖޭގެ 105 ކުންފުންޏަކުން ބައިވެރިވާ ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

މި ފެއަރ ކުރިއަށްދާނީ މާރޗް 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ޖަރުމަންވިލާތުގެ ބާލިންގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެސިސްޓަންޓް ޑިރެކްޓަރު ރީނާ އަބްދުލް ވާހިދު ވިދާޅުވީ ފެއަރގައި 260 ރެޕްރެޒެންޓޭޓިވުން ބައިވެރިވާ ކަމަށާއި ފެއަރ ފެށޭ ފުރަތަމަ ދުވަހު ހުރިހާ މީޑިއާތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގިނަ ކަންތައްތައް ރާއްޖޭގެ ސްޓޭންޑުން ފެންނަ ހުންނާނެކަން ފާހަގަކުރައްވާ ރީނާ ވިދާޅުވީ ބޮޑުމަހުގެ ކުޅިވަރުތަކާއި ދިވެހި ކެއުންތަކުގެ ރަހަތައް ތަޖުރިބާ ކުރުމުގެ އިތުރުން ދިވެހި ކެއްކުންތައް ވަގުތުން ތައްޔާރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އަދި ލިޔެލާ ޖެހުމާއި ކަސަބު ވިޔުމުގެ އިތުރުން ރޯނު ވެށުން ވެސް ރާއްޖޭގެ ސްޓޭންޑުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފެއަރގެ ފަހު ދެ ދުވަސް ވިޒިޓަރުންނަށް ހާއްސަކުރެވިފައި ވާނީ ރާއްޖެއާ ބެހޭ ގިނަ ގުނަ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މިފަހަރުގެ ފެއާގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށް ހުންނަވާނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
25 ފެބުރުއަރީ 2017

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު