ތިން ބިދޭސީންނަށް ވަޅިން ބިރުދައްކާ ފައިސާއާއި ތިން ފޯނު ފޭރިގެންފި
3 މާރިޗު 2019 | އާދީއްތަ 07:27އެކަން ކުރީ ހަތަރު މީހުގެ ގުރޫޕަކުން

ފުލުހުން ބަންދުކޮށްފައިވާ ކްރައިމް ސީން އެއް
ތިން ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފައިސާ އާއި ތިން ފޯނު ފޭރިގެންފިއެވެ.
ފުލުހުން ބުނީ، ގަލޮޅު ގެއެއްގައި އުޅޭ ތިން ބިދޭސީއެއްގެ އަތުން 6،000 އަށް ވުރެ ރުފިޔާ އާއި ތިން ފޯނު ފޭރިގަނެފައި ވަނީ ރޭގެ މެންދަމުގެ ވަގުތެއްގައިި ކަމަށެވެ. އެކަން ކުރީ ހަތަރު މީހުގެ ގުރޫޕަކުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.
ފަހަކަށް އައިސް، ވަޅިން ބިރުދައްކައި ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މީގެ ދެ ހަފްތާކުރިން ވެސް ވަނީ، އެކްސްޕާޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ މަގުމަތިން ފޭރިގެންފައި ވެއެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ވެސް ފޭރުމުގެ ހާދިސާތަކެއް ހިނގާފައި ވެއެވެ.






